A wide advertisement which will be shown on all devices. (700 x 100)

މިސްކިތްމަގު ދެވަނަ މެޗުންވެސް މޮޅުވެ، ފިސްޑާ ބަލިވެއްޖެ

މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޕްރަތީބާ މާލި. ފޮޓޯ: ވީއޭއެމް

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މާލޭގައި ބާއްވާ އަލްމުދިޝް ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނުގެ މިސްކިތްމަގު އެންމެންގެ ގުޅުން ކުޅުނު ދެވަނަ މެޗްވެސް ކާމިޔާބުކޮށްފިއެވެ. އަދި ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހު ކުޅުނު މެޗް މިސްކިތްމަގު އެންމެންގެ ގުޅުން ކާމިޔާބުކުރީ ކްލަބް ޕޯލް ސްޓަރ އާއި ބައްދަލުކޮށް 3-1 އިންނެވެ. މިމެޗްގެ ފުރަތަމަ ސެޓް މިސްކިތްމަގު ގެންދިޔައީ 25-12 އިންނެވެ. ދެވަނަ ސެޓް ކުލަބް ޕޯލް ސްޓަރ ގެންދިޔައި 23-25 އިންނެވެ. ތިންވަނަ އަދި ހަތަރު ވަނަ ސެޓް މިސްކިތްމަގު ގެންދިޔައީ 25-7 އަދި 25-17 އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޕްރަތީބާ މާލި އެވެ.

މިމުބާރާތުގައި ފިސްޑާ ކުޅުނު ފުރަތަމަ މެޗުން މޯލްޑިވިއަން ރެކްރިއޭޝަން ކުލަބާއި ބައްދަލުކޮށް 3-0 އިން މެޗް ކާމިޔާބުކޮށްފައިވަނީ މޯލްޑިވިއަން ރ.ކ އެވެ. މިމެޗް މޯލްޑިވިއަން ކާމިޔާބުކޮށްފައިވަނީ 25-15، 25-16 އަދި 25-16 އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކީ މޯލްޑިވިއަން ރ.ކ ގެ މިޝެލް ކްރިސްޓެން އެވެ.

ގައުމީ ވޮލީ ލީގުގައި ވާދަކުރާ ފުވައްމުލަކު ޓީމްތަކަކީ ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އާއި މިސްކިތްމަގު އެންމެންގެ ގުޅުމެވެ.

ފުވައްމުލަކު ޓީމްތައް މެޗްކުޅޭނެ ތާރީހްތަކާއި ގަޑިތައް

10 ނޮވެމްބަރ 2016 – 16:15 ފިސްޑާ – ކ.ޕޯލް ސްޓަރ

10 ނޮވެމްބަރ 2016 – 20:30 މިސްކިތްމަގު އގ – ޕޮލިސް ކުލަބް

13 ނޮވެމްބަރ 2016 – 16:15 ފިސްޑާ – ޕޮލިސް ކުލަބް

16 ނޮވެމްބަރ 2016 – 20:30 މިސްކިތްމަގު އގ – ފިސްޑާ

ފުވައްމުލަކުގެ ޓީމްތައް ކުޅޭ މެޗްތަކަށް އެޓީމްތަކަށް ސަޕޯޓް ދިނުމަށް ވީހާވެސް ގިނަ ބަޔަކު މާލޭގެ ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓަށް ދިޔުމަށް ދެޓީމުންވެސް އެދިލައްވައެވެ. އަންހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ ފަސް ޓީމެވެ. ލީގުގެ އެންމެ ކުރި ހޯދާ ހަތަރު ޓީމެއް ގައުމީ ވޮލީ މުބާރާތަށް ހޮވޭނެއެވެ. އަދި އެމުބާރާތް ކުރިއަށްގެންދާނީ ތިން ސެމީ ފައިނަލް ކުޅޭ އުސޫލަށެވެ.

ފިސްޑާ އަދި މިސްކިތްމަގު އެންމެންގެ ގުޅުން ވޮލީ ލީގަށް ހޮވިފައިވަނީ މިދިޔަ އަހަރު ފުވައްމުލަކުގައި ވޮލީ ބޯލް އެސޯސިއޭޝަނުން ބޭއްވި ވޮލީ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމްގެ ގޮތުގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !