22 މެއި 2018 (އަންގާރަ)


ފިސްޑާ ދެވަނަ މެޗުން މޮޅުވި އިރު މިސްކިތްމަގު ތިންވަނަ މެޗުން ބަލިވެއްޖެ

ފިސްޑާ އާއި ޕޯލްސްޓާ ބައްދަލު ކުރި މެޗުގެ ކޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފިސްޑާގެ ޖާޒީ ނަމްބަރ 5 ޝާހީ އަރުނާ، ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން

ފިސްޑާ އާއި ޕޯލްސްޓާ ބައްދަލު ކުރި މެޗުގެ ކޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފިސްޑާގެ ޖާޒީ ނަމްބަރ 5 ޝާހީ އަރުނާ، ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މާލޭގައި ބާއްވާ އަލްމުދިޝް ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނުގައި ވާދަކުރަމުންދާ ފުވައްމުލަކު ދެޓީމުގެ ތެރެއިން މާދަޑު ފިސްޑާ ޓީމު ދެވަނަ މެޗުން މޮޅުވިއިރު މިސްކިތްމަގު އެންމެންގެ ގުޅުން ތިންވަނަ މެޗުން ބަލިވެއްޖެއެވެ.

މާދަޑު ފުވައްމުލަކު ޔޫތް އެންޑް ސްޕޯރޓްސް ޑެވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) ޓީމު މޮޅުވެފައިވަނީ މިދިޔަ ބްރާސްފަތި ދުވަހު ކްލަބް ޕޯލްސްޓާ އާއި ވާދަކޮށް 3-1 ސެޓް އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފިސްޑާ ޓީމުގެ ޖާޒީ ނަމްބަރު 5 ޝާހީ އަރޫނާ އެވެ. ފިސްޑާ ވަނީ މީގެ ކުރިން ކުޅެވުނު އެޓީމުގެ ފުރަތަމަ މެޗުން މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި ވާދަކޮށް 3-0 ސެޓުން ބަލިވެފައެވެ.

މިމުބާރާތުގައި މިސްކިތްމަގު އެންމެންގެ ގުޅުން ކުޅުނު ތިންވަނަ މެޗުން ބަލިވެފައި ވަނީ ޕޮލިސް ކުލަބާއި ވާދަކޮށް 3-1 ސެޓުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކްލަބުގެ ޖާޒީ ނަމްބަރ 2 އިންތޯސް ބްރޭނާ އެވެ. މިމެޗުން މިސްކިތްމަގުގެ ޓީމު ބަލިވިނަމަވެސް އެޓީމު ވަނީ މީގެ ކުރިން ކުޅުން ދެމެޗުން މޮޅުވެފައެވެ.

މިމުބާރާތުގައި ފުވައްމުލަކު ޓީމުތަކުގެ މެޗެއް ދެން އޮންނާނީ ނޮވެމްބަރ 13 ވަނަ ދުވަހު ހަވީރު 16:15 ގައެވެ. ބައްދަލު ކުރާނީ ފިސްޑާގެ ޓީމާއި ޕޮލިސް ޓީމެވެ. 

ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނުގައި މުޅިއެކު މިފަހަރު ވާދަކުރަނީ 5 ޓީމެވެ. މި 5 ޓީމުގެ މެދުގައި ލީގު އުސޫލުން ކުޅެ އެންމެ ކުރި ހޯދާ ހަތަރު ޓީމެއް ގައުމީ ވޮލީ މުބާރާތަށް ހޮވޭނެއެވެ. އަދި އެމުބާރާތް ކުރިއަށް ގެންދާނީ ތިން ސެމީ ފައިނަލް ކުޅޭ އުސޫލަށެވެ.

ކުރިއަށް ހުރި މެޗުތައް

13 ނޮވެމްބަރ 2016 – 16:15 ފިސްޑާ – ޕޮލިސް ކުލަބް

16 ނޮވެމްބަރ 2016 – 20:30 މިސްކިތްމަގު އގ – ފިސްޑާ


ނިމުނު މެޗުތަކުގެ ނަތީޖާ

މިސްކިތްމަގު އގ – މޯލްޑިވިއަން ރސ، 3-0 ސެޓުން މިސްކިތްމަގު
މިސްކިތްމަގު އގ – ކ.ޕޯލް ސްޓަރ، 3-1 ސެޓުން މިސްކިތްމަގު
ފިސްޑާ– މޯލްޑިވިއަން ރސ، 3-0 ސެޓުން މޯލްޑިވިއަން
ފިސްޑާ – ކ.ޕޯލް ސްޓަރ، 3-1 ސެޓުން ފިސްޑާ
މިސްކިތްމަގު އގ – ޕޮލިސް ކުލަބް، 3-1 އިން ޕޮލިސް ކްލަބު

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!