A wide advertisement which will be shown on all devices. (700 x 100)

ފިސްޑާގެ މައްޗަށް މިސްކިތްމަގު ކުރިހޯދައި ލީގުގެ ދެވަނަ ހޯދައިފި

ލީގުގެ ދެވަނަ ހޯދި މިސްކިތްމަގު އެންމެންގެ ގުޅުން.

ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މާލޭގައި ބާއްވާ އަލްމުދިޝް ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނުގެ އިއްޔެ ކުޅުނު މެޗްގައި ފިސްޑާގެ މައްޗަށް ކުރިހޯދައި މިސްކިތްމަގު އެންމެންގެ ގުޅުމުން ލީގުގެ ދެވަނަ ހޯދައިފިއެވެ.

ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އާއި މިސްކިތްމަގު އެންމެންގެ ގުޅުން ބައްދަލުކުރި މެޗް މިސްކިތްމަގު ކާމިޔާބުކުރީ ތިން ސެޓުން ކުރިހޯދައިގެންނެވެ. މިމޮޅާއި އެކު މިސްކިތްމަގަށް ލީގުގެ ދެވަނަވަނީ ކަށަވަރު ވެފައެވެ. ލީގުގެ ޗެމްޕިއަން ޓީމަކީ މިސްކިތްމަގު އަތުން ބަލިވެފައިވާ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް އެވެ. ދެވަނަ ޓީމަކީ މިސްކިތްމަގު އެންމެންގެ ގުޅުމެވެ. އަދި ތިންވަނަ ޓީމަކީ ޕޮލިސް ކުލަބް އެވެ. އަދި ފެއަރޕްލޭ ޓީމަކީ މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މިތިން ޓީމަށްވެސް ލިބިފައިވަނީ 9 ޕޮއިންޓެވެ. މޯލްޑިވިއަން ޓީމަށް ޗެމްޕިއަންކަން ލިބިފައިވަނީ ފައިދާ ސެޓް މިސްކިތްމަގު ޓީމާއި އެއްވުމުން ފައިދާ ޕޮއިންޓަށް ބަލައިގެނެވެ.

1 – މޯލްޑިވިއަން: 9 ޕޮއިންޓް، ފައިދާ 6 ސެޓު، ފައިދާ 55 ޕޮއިންޓް 

2 – މިސްކިތްމަގު: 9 ޕޮއިންޓް، ފައިދާ 6 ސެޓު، ފައިދާ 40 ޕޮއިންޓް 

3 – ޕޮލިސް: 9 ޕޮއިންޓް، ފައިދާ 4 ސެޓު، ފައިދާ 54 ޕޮއިންޓް

ލީގުގެ އެންމެ މޮޅު ހަތަރު ޓީމަށް ގައުމީ މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބޭނެއެވެ. އެގޮތުން ގައުމީ މުބާރާތުގައި ވާދަކުރާނީ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް، މިސްކިތްމަގު އެންމެންގެ ގުޅުން، ޕޮލިސް ކުލަބް އަދި ފިސްޑާއެވެ. ގައުމީ މުބާރާތް ކުރިއަށްގެންދާނީ ތިން ސެމީ ފައިނަލް ކުޅޭ އުސޫލަށެވެ.

ފިސްޑާ އަދި މިސްކިތްމަގު އެންމެންގެ ގުޅުން ވޮލީ ލީގަށް ހޮވިފައިވަނީ މިދިޔަ އަހަރު ފުވައްމުލަކުގައި ވޮލީ ބޯލް އެސޯސިއޭޝަނުން ބޭއްވި ވޮލީ މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމްގެ ގޮތުގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !