29 އެޕްރީލް 2017 (ހޮނިހިރު)


ފީފާ ކްލަބް ވޯލްޑްކަޕް މިފަހަރު ރިއަލް މެޑްރިޑަށް

ފީފާ ކްލަބް ވޯލްޑް ކަޕް ޗެމްޕިއަން ކަން ރިއަލް މެޑްރިޑަށް. ފޮޓޯ: ފީފީ

ފީފާ ކްލަބް ވޯލްޑް ކަޕް ޗެމްޕިއަން ކަން ރިއަލް މެޑްރިޑަށް. ފޮޓޯ: ފީފީ

ޖަޕާނުގައި މިޑިސެމްބަރު މަހު 8 ން 18 އަށް ބޭއްވުނު ފީފާ ކްލަބް ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް، ޔޫރަޕުގެ ޗެމްޕިއަން ސްޕެއިންގެ ރެއަލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ. ޖަޕާނުގެ ލީގުގެ ޗެމްޕިއަން ކަށިމާ އެންޓްލާސް 4-2 ން ބަލިކޮށް ރޭއާލުން މިމުބާރާތް ކާމިޔާބުކުރީ 2 ވަނަ ފަހަރަށެވެ. ޖަޕާނުގެ ޔޮކަހާމާގައި އިއްޔެ ކުޅެވުނު ފައިނަލް މެޗުގައި ކްރިސްޓިއާނާ ރޮނަލްޑޯ ވަނީ ހެޓްރިކެއް ހަދައި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓްގައި ފައިހަމަކޮށްފައެވެ. އެއީ 5 ގޯލު ޖަހައިގެންނެވެ.

މިއީ ރިއާލްގެ ކޯޗް ޒައިނުއްދީން ޒިދާންގެ ކެރިއަރުގައި މިއަހަރު ހާސިލުކުރެވުނު 3 ވަނަ ޓްރޮފީއެވެ.

މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފައިނަލް ކްރިސްޓިއާނާ ރޮނަލްޑޯއެވެ. 2 ވަނަ ރެއާލްގެ މޮޑްރިޗަށް ލިބުނުއިރު 3 ވަނަ ލިބުނީ ކަށިމާ އެންޓްލާސްގެ ގަކޫ ޝިބަސްކީ އަށެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ ކަޝިމާ އެންޓްލާސް އެވެ.

ރޮނަލްޑޯގެ އިތުރުން މިމުބާރާތުގައި މިހާތަނަށް 5 ގޯލުޖެހި ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާގެ ލުއިން ސުއަރޭޒް، އަދި ލިއޮނެލް މެސީގެ އިތުރުން މެކްސިކޯ ޓީމެއް ކަމަށްވާ މޮންޓެރޭއަށް ކުޅޭ އާޖެންޓީނާގެ ސެޒަރ ޑެލްގާޑޯ ހިމެނެއެވެ. ފީފާގެ ޕޮއިންޓް އުސޫލަށް ބަލާއިރު އެއްވަނަ ލިބެނީ އެވްޖެ 2.5 ން ލުއިސް ސުއަރޭޒް އަށެވެ.

މިމުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައި ވަނީ ސްޕެއިންގެ ބާސެލޯނާއެވެ. އެއީ 2009، 2011 އަދި 2015ގައި (3 ފަހަރު) މުބާރާތް ކާމިޔާބުކޮށް ގެންނެވެ. ރިއަލް މެޑްރިޑަށް މުބާރާތް ކާމިޔާބު ކުރެވިފައި ވަނީ 2014 އާއި 2016 ގައެވެ. ނަމަވެސް ރޮނަލްޑޯ ވަނީ މިމުބާރަތް މެންޗެސްޓަރ ޔުނައިޓެޑްގައި ވެސް ކާމިޔާބުކޮށްފައެވެ.

މިމުބާރާތަކީ 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ. މިމުބާރާތުގައި ވާދަކުރަނީ ކޮންމެ ކޮންފެޑެރޭޝަނެއްގެ ޗެމްޕިއަން ޓީމާއި (7 ޓީމު) އަދި މުބާރާތް ބާއްވާ ގައުމުގެ ލީގު ޗެމްޕިއަން ޓީމާއެކު 8 ޓީމެވެ. ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުން މުބާރާތުގައި ކުޅެނީ ސެމީފައިނަލާއި ހިސާބުންނެވެ. ނޮކް އައުޓު އުސޫލުން ކުޅޭ މިމުބާރާތުގައި ފުރަތަމަ ބުރާއި ދެވަނަ ބުރު، ސެމީފައިނަލް، ތިންވަނަ ހޮވާ މެޗުގެ އިތުރުން ފައިނަލް މެޗާއެކު ޖުމްލަ 8 މެޗު ކުޅެއެވެ.

މިމުބާރާތް ދުނިޔޭގެ ގިނަ ގައުމުތަކުގައި މަޝްހޫރު ކަމުގައި ވިޔަސް ޔޫރަޕުގައި މިމުބާރާތަށް އެދެވެ ސަމާލު ކަމެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!