A wide advertisement which will be shown on all devices. (700 x 100)

ސާޖިއޯ އަގުއޭރޯގެ ދަރިފުޅަށް ކާލޯސް ތެވޭޒްގެ ޚާއްސަ ހަދިޔާއެއް

އަގުއޭރޯ ޖޫނިއަރ އަށް ކާލޯސް ތެވޭޒްގެ ޚާއްސަ ހަދިޔާ. ފޮޓޯ: ގޯލް.ކޮމް

ސާޖިއޯ އަގުއޭރޯގެ ދަރިފުޅު ބެންޔަމިން އަގުއޭރޯ އަށް ކާލޯސް ތެވޭޒްގެ ޚާއްސަ ހަދިޔާއެއް އާދީއްތަ ދުވަހު ދީފިއެވެ. އަގުއެރޯ ޖޫނިއަރ (ބެންޔަމިން އަގުއޭރޯ) ޚާއްސަ ވަނީ ފުޓުބޯޅަ ތަރިންގެ އާއިލާ ތެރޭގައި އުޅެމުން އަންނަ ކުއްޖަކަށް ވާތީއެވެ. އެގޮތުން އޭނާގެ ބައްޕަ އަކީ މިހާރުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިއަކަށް ވާއިރު އޭނާގެ ކާފަ އަކީ މިހާރުވެސް ގިނަ ބަޔަކު ގަބޫލުކުރާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ޑިއޭގޯ މަރަޑޯނާއެވެ.

އަގުއޭރޯ ޖޫނިއަރ ދިރިއުޅެމުން އަންނަނީ އޭނާގެ މަންމަ، ޖިއާނާ މަރަޑޯނާ އާއެކު އާޖެންޓީނާގައެވެ.

މިހަފުތާގެ އާދީއްތަ ދުވަހު އާޖެންޓީނާގެ ވެރިރަށް ބުއެނަސް އޭރީސްގެ ބޮމްބޮނޭރާ (ބޮކާ ޖޫނިއަރސްގެ ހޯމް ސްޓޭޑިއަމް)ގައި ކުޅެވުނު ކާލޯސް ތެވޭޒްގެ ވަދާއީ މެޗުބަލަން ބެންޔަމިން އަގުއޭރޯއާއި އޭނާގެ މަންމަ ދަނޑަށް ދިޔައީ ފޮނި އުއްމިދަކާއެކުއެވެ. މެޗަށްފަހު ކާލޯސް ތެވޭޒް ވަނީ ބެންޔަމިން އަގުއޭރޯ ލައިގެން ހުރި ބޮކާ ޖޫނިއަސްގެ ޖާޒީގައި ސޮއިކޮށްދީ އެއުއްމީދު ފުރިހަމަކޮށްދީފައެވެ. މިއީ އަގުއޭރޯ ޖޫނީއަރ ވަރަށް ބޭނުންވެގެން ހުރިކަމެއްކަމަށް އޭނާގެ މަންމަ ޓުވީޓެއްގައި ބުނެފައިވެއެވެ. މެޗަށްފަހު އޭނާ ވަނީ އަގުއޭރޯގެ ދަރިފުޅަށް މިޚާއްސަ ވަގުތު ދީފައެވެ.

މީޑީއާ ޚާބަރުތައް ބުނާ ގޮތުން ކާލޯސް ތެވޭޒް މިމެޗަށްފަހު ދެން ބަދަލުވަނީ ޗައިނާ ލީގުގެ ކްލަބަކަށެވެ.  ކާލޯސް ތެވޭޒް މިހާރު ކުޅެމުން އަންނަނީ އާޖެންޓީނާގެ ޒެނީޒް އަށެވެ.

“ޝުކުރިއްޔާ! އަހަރެންގެ ދަރިފުޅަށް އެހާބޮޑު އުފާވެރިކަމެއް ގެނެސް ދިނީތީ. އަހަރެން ނުދެކެން އޭނާ އެހާ ހަމަހިމޭނުން، އެކަމަށް އެދިގެން އެގޮތަށް ހުއްޓެއް” މަންމަ ޖިއާނާ މެރަޑޯނާ ގެ ޓުވީޓުގައި ބުނެފައި ވެއެވެ.

ނަމަވެސް ބޮކާ ޖޫނިއަރސްގެ އެންމެ ވާދަވެރި ޓީމު ‘އިންޓަނޭޝަނަލޭ’ގެ ބަތަލެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ބައްޕަ ސާޖިއޯ އަގުއޭރޯ މިކަމާ ދެކޭނެ ގޮތެއް އަދި ނޭގެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !