18 ޑިސެމްބަރ 2017 (ހޯމަ)


އަންހެނުންގެ ކްރިކެޓް ފެސްޓިވަލެއް ބާއްވަނީ

އަންހެނުންގެ ކުރިކެޓް މުބާރާތުގެ ޕޯސްޓަރެއް.

އަންހެނުންގެ ކުރިކެޓް މުބާރާތުގެ ޕޯސްޓަރެއް.

ފުުވައްމުލަކުގައި އަންހެނުން ކުދިންގެ ކްރިކެޓް ފެސްޓިވަލެއް ބާއްވަން ތައްޔާރުވަމުން އެބަދެއެވެ. މިފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު އަދި އަދި އާދީއްތަ (31 ޑިސެމްބަރު އަދި 1 ޖެނުއަރީ) ގައި ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމްގައި ކަމަށް މިފެސްޓިވަލް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ އަސްލަމް ރަޝީދު މިކަލް ނޫހަށް މައުލޫމާތު ދެއްވިއެވެ.

މިކްރިކެޓް ފެސްޓިވަލް ރޭވިފައި ވަނީ 3 ޓީމަށް ކުދިން ބަހާލައިގެން 3 ޓީމުގެ މެދުގައި ކުޅެވޭ 10 އޯވަރުގެ މެޗުތަކެއްގެ ގޮތުގައެވެ. އަދި މޮޅުވާ ދެޓީމުގެ ދެމެދުގައި ފައިނަލް މެޗެއްވެސް އާދީއްތަ ދުވަހު ކުޅެވޭނެއެވެ. މިފެސްޓިވަލުގައި ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިންނާއި އެންމެ މޮޅު ޓީމު ފަދަ މަގާމުތައް ވެސް ހޮވުމަށް ހަމަޖެހިފައިވާ ކަމަށް އަސްލަމު ވިދާޅުވިއެވެ.

މިއީ ކްރިކެޓް ބޯޑުގެ ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމުގެ ދަށުން ކުރިޔަށް ގެންދެވޭ ހަރަކާތެކެވެ. އެގޮތުން ރާއްޖޭން ބޭރުގެ ކޯޗެއްގެ އިރުޝާދުގެ ދަށުން ފުވައްމުލަކުގެ އަންހެން ކުދިން އަންނަނީ ތަމްރީނު ހޯދަމުންނެވެ. އަސްލަމުގެ އިތުރުން މި ހަރަކާތުގައި އިސްކޮށް އުޅުއްވަނީ ކްރިކެޓް ބޯޑުގެ ކޯޗު ލިއަން އެވެ.

މިފެސްޓިވަލުގައި ބައިވެރިވާން ބޭނުންވާ އަންހެން ކުދިންނަށް މިހާރުވެސް ނަން ނޯޓު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިފެސްޓިވަލުގެ ސަބަބުން ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ފުރަތަމަ ކްރިކެޓް މުބާރާތަށް ފުވައްމުލަކުން ހޮވާ ޓީމުތައް ވަރުގަދަ ވެގެންދާނެ ކަަމަށް ބެލެވެއެވެ.

އަންނަ މާރޗުމަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ފުރަތަމަ ކްރިކެޓް މުބާރާތުގައި މިހާތަނަށް ލ.އަތޮޅުން ޓީމަކާއި މާލެއިން ޓީމެއް ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް އަސްލަމު ހާމަކުރެއްވިއެވ

ފުވައްމުލަކުގައި ކްރިކެޓް ތަރައްގީ ކުރުމަށް ގިނަ މަސައްކަތެއް މީގެ ކުރިން ވެސް ވަނީ ކުރެވިފައެވެ. އެގޮތުން، ސްކޫލް ދަރިވަރުންގެ މުބާރާތް ބޭއްވުމުގެ އިތުރުން ކުޑަކުދިންނަށް އަމާޒުކޮށް ގެން ކްރިކެޓް ހަރަކާތްތައް ބާއްވާފައިވެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!