A wide advertisement which will be shown on all devices. (700 x 100)

ކުރިކެޓް ދެ މެޗު މިއަދު ފުވައްމުލަކުގައި ކުޅެވޭނެ

ފުވައްމުުލަކުގައި މިމަހު 1 ގައި ބޭއްވުނު އަންހެންކުދިންގެ ކްރިކެޓް ފެސްޓިވަލްގައި ބައިވެރިވި ބައެއް ކުދިން. ފޮޓޯ: ކްރިކެޓް ފުވައްމުލައް

ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމްގައި މިއަދު ކްރިކެޓް ދެމެޗު ކުޅުމަށް ވަނީ ހަމަޖެހިަފއެވެ. ފުރަތަމަ މެޗު މިއަދު ހެނދުނު ކުޅޭނީ އަންހެނުންގެ މެޗެކެވެ. އަދި މެންދުރު ފަހުން ކުޅެވޭނީ ފިރިހެނުންގެ ޓީ20 ކްރިކެޓް މެޗެކެވެ.

މިމެޗުތަކުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުންނަށް ވަނީ ހުޅުވާލެވިފައެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ އަންހެނުންގެ ކްރިކެޓް މުބާރާތް މިއަހަރު ކުރީކޮޅު ފުވައްމުލަކުގައި ބޭއްވުމަށް ކްރިކެޓް ބޯޑުން ވަނީ ނިންމާފައެވެ. އެމުބާރާތުގައި ހަތަރު ޓީމު ބައިވެރިވާނެ ކަމަށް ވެއެވެ. އެއީ ފުވައްމުލަކުން ދެޓީމާއި މާލެއިން ޓީމަކާއި އަދި ލ.އަތޮޅުގެ ޓީމެއް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.

ފުވައްމުލަކުގައި ކްރިކެޓް ތަރައްގީ ކުރުމަށް ގިނަ މަސައްކަތެއް އަންނަނީ ކުރެވެމުންނެވެ. އެގޮތުން، ކްރިކެޓް ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމާއި އަންހެނުންގެ ކުރިކެޓް ތަމްރީނު ޕްރޮގުރާމާއި ސްކޫލް ދަރިވަރުންގެ ކުރިކެޓް މުބާރާތް ފަދަ ތަފާތު ހަރަކާތްތައް ހިމެނެއެވެ. މި ހަރަކާތްތަކުގައި ކްރިކެޓް ބޯޑުގެ ތިން ކޯޗަކު މިހާރު ވެސް ރަށުގައި، ތަމްރީނުތައް ކުރިޔަށް ގެންދިއުމުގައި ހަރަކާތްތެރިވަމުން ދެއެވެ.

ފުވައްމުލަކުގެ ޒުވާން ދެ ކުއްޖަކު ވަނީ ޔޫތު ގައުމީ ޓީމުގައި ވެސް ހިމެނިފައެވެ. އެގޮތުން 19 އަހަރުން ދަށުގެ ޓީމުގައި ފާސްޓް ބޯލަރެއްގެ ގޮތުގައި ހޯދަޑު އަވަށުގެ ކުޖްކު ހިމެނޭއިރު 16 އަހަރުން ދަށުގެ ޓީމުގައި ދޫނޑިގަމު އަވަށުގެ ކުއްޖަކު ހިމެނޭކަމަށް މިކަލް ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.

ފުވައްމުލަކަކީ ކްރިކެޓްގައި ގައުމިފެންވަރެއްގައި ކުރިއެރުންތަކެއް ހޯދިދާނެ ރަށެއްކަމުގައި ކްރިކެޓްގެ ހަރަކާތްތަކުގައި މަސައްކަތް ކުރައްވާ އިސް ފަރާތްތަކުން ވަނީ ހާމަކުރައްވާފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !