22 މެއި 2018 (އަންގާރަ)


ގައުމީ ވޮލީބޯޅަ މުބާރާތުގެ 2 ވަނަ ޑިވިޒަނުގެ ތިންވަނަ ސްޕޯޓްސް ކްލަބް ސިޓީ ހޯދައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ 2 ވަނަ ޑިވިޒަނުގެ ތިންވަނަ ޓީމު ސްޕޯޓްސް ކްލަބު ސިޓީ

ގައުމީ ވޮލީބޯޅަ މުބާރާތުގެ 2 ވަނަ ޑިވިޒަނުގެ ތިންވަނަ ޓީމު ސްޕޯޓްސް ކްލަބު ސިޓީ

މާލޭގެ ޔޫތު ސެންޓަރުގެ އިންޑޯ ހޯލުގައި ކުރިއަށްދާ ގައުމީ ވޮލީބޯޅަ މުބާރާތުގެ 2 ވަނަ ޑިވިޒަނުގެ ތިންވަނަ ފުވައްމުލަކު ޓީމެއް ކަމަށްވާ ސްޕޯޓްސް ކްލަބް ސިޓީ ހޯދައިފިއެވެ. ސްޕޯރޓްސް ކްލަބު ސިޓީ މިމުބާރާތުގެ ތިންވަނަ މަގާމު ކަށަވަރު ކުރީ މިމުބާރާތުގެ 18 ވަނަ މެޗުގައި ގްޑީސް ސްޕޯޓްސް ކްލަބާއި ވާދަކޮށް 3-1 ސެޓުން މޮޅުވެގެނެވެ.

ސްޕޯޓްސް ކްލަބު ސިޓީ މިމެޗްގެ ސެޓްތައް ގެންގޮސްފައިވަނީ 25-21 ، 16-25، 25-23، އަދި 25-17 އިން ނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޕޯޓްސް ކްލަބު ސިޓީގައި މޮޅުކުޅުމެއް ދައްކަމުންދާ ޖޯޒީ ނަމްބަރު 7 ޑިލިނާ ސްދަރަކަ ފެނާންޑޯ އެވެ. 

މިމުބާރާތުގެ ޗެމްޕިއަން ޓީމަކީ ސީލައިފް ސްޕޯޓްސް ކްލަބެވެ. ދެވަނަ ޓީމަކީ މާޒިޔާ ސްޕޯޓްސް ކްލަބެވެ. 

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!