ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މާލޭގައި ބާއްވާ ޔޫތު ޗެމްޕިއަންޝިޕް މުބާރާތުގެ ފުރަތަމަ މެޗް ފިސްޑާ ކާމިޔާބުކޮށްފިއެވެ.
ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އިން ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗް ކާމިޔާބުކުރީ އިއްޔެ ގޮއިދޫ ޓީމާއި ބައްދަލުކޮށް 5-3 ސެޓް އިންނެވެ. ފިސްޑާ އިން ސެޓްތައްގެންގޮސްފައިވަނީ 25-22، 25-23، 27-29 އަދި 25-23 އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކީ ފިސްޑާގެ އާމިނަތު އަރީޝާއެވެ.
މިމުބާރާތުގައި ފުވައްމުލަކުން ބައިވެރިވެފައިވަނީ ހަމައެކަނި ފިސްޑާ އެވެ. ފިސްޑާވަނީ މިދިޔަ އަހަރު ބޭއްވި ގައުމީ ލީގުގައިވެސް ބައިވެރިވެފައެވެ.
+1
+1
ޚިޔާލުތައް