A wide advertisement which will be shown on all devices. (700 x 100)

ވީއޭއެމް ޔޫތް ޗެމްޕިއަންޝިޕް: ދެވަނަ މެޗުންވެސް މޮޅުވެ، ފިސްޑާ ފައިނަލަށް

ފިސްޑާ ކުޅުނު ދެވަނަ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމުހޯދި ޝަމްހާ ރިޔާޒު ހަނދާނީ ލިއުމާއި ހަވާލުވަނީ، ފޮޓޯ:ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ޔޫތް ޗެމްޕިއަންޝިޕް 2017ގެ އަންހެން ކުދިންގެ ބައިން ފައިނަލަށް ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) ދަތުރުކޮށްފިއެވެ.

ފިސްޑާ ފައިނަލަށް ދަތުރު ކުރީ މިދިޔަ ހޯމަ ދުވަހު ކުޅެވުނު އެކެޓަގަރީގެ ދެވަނަ މެޗުން މޯލްޑިވްސް ސްޕޯޓްސް އެންޑް ރިކްރިއޭޝަންގެ މައްޗަށް ސީދާ 3 ސެޓުން ކާމިޔާބު ހޯދައިގެނެވެ.

ފިސްޑާ އިން ސެޓްތައް ގެންގޮސްފައިވަނީ 25-14، 25-23 އަދި 25-19 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފިސްޑާ ޓީމުގެ ޖާޒީ ނަމްބަރ 5 ޝަމްހާ ރިޔާޒެވެ. މިކެޓަގަރީގެ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ 20:00 ގައެވެ. ފައިނަލުގައި ބައްދަލުކުރާނީ ފިސްޑާގެ ފުރަތަމަ މެޗުގައިވެސް ބައްދަލުކުރި ގޮއިދޫގެ ޓީމާއިއެވެ. ގޮއިދޫ ޓީމު ފައިނަލަށް ދަތުރުކުރީ މިކެޓަގަރީގެ ސެމީފައިނަލް މެޗުގައި އިއްޔެ މޯލްޑިވްސް ސްޕޯޓްސް އެންޑް ރިކްރިއޭޝަންގެ ޓީމުގެ މައްޗަށް 3 ސެޓް 1 ސެޓުން ކާމިޔާބު ހޯދައިގެނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !