24 ޖުލައި 2017 (ހޯމަ)


ޔޫތު ޖޫނިއަރ ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ފިސްޑާ ހޯދައިފި

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

ވޮލީ ބޯޅަ އެސޯސިއޭޝަނުން ބާއްވާ ޔޫތު ޖޫނިއަރ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ފިސްޑާ ހޯދައިފިއެވެ.

ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) ޔޫތު ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި ގޮއިދޫ ޓީމާއި ބައްދަލުކޮށް 5-3 ސެޓް އިންނެވެ. ފިސްޑާ އިން ފުރަތަމަ ސެޓް ގެންދިޔައީ 25-23 އިންނެވެ. ދެވަނަ އަދި ތިންވަނަ ސެޓް ގޮއިދޫން އިން ގެންދިޔައީ 25-23 އަދި 25-18 އިންނެވެ. ހަތަރު ވަނަ ސެޓް ފިސްޑާ ގެންދިޔައީ 25-19 އިންނެވެ. އަދި ފަސްވަނަ ސެޓް ފިސްޑާއިން ކާމިޔާބުކުރީ 15-11 އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކީ ފިސްޑާގެ އާމިނަތު އަރީޝާ އެވެ.

މިމުބާރާތުގެ ތައްޓާއި މެޑަލް ދިނުމުގެ ރަސްމިއްޔާތު ބާއްވާނީ ފަހުގެ ތާރީހެއްގައި ކަަމަށް ވޮލީ ބޯޅަ އެސޯސިއޭޝަނުން ވިދާޅުވިއެވެ.

މިމުބާރާތުގައި ފުވައްމުލަކުން ބައިވެރިވެފައިވަނީ ހަމައެކަނި ފިސްޑާ އެވެ. ފިސްޑާވަނީ މިދިޔަ އަހަރު ބޭއްވި ގައުމީ ލީގުގައިވެސް ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!