18 އޯގަސްޓް 2017 (ހުކުރު)


މިނިވަން ފަންސާސް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗް ދޫނޑިގަމަށް

ދޫނޑިގަން ޓީމް. ފޮޓޯ: އެފްސީ ދޫނޑިގަލޯނާ

ދޫނޑިގަން ޓީމް. ފޮޓޯ: އެފްސީ ދޫނޑިގަލޯނާ

ފުވައްމުލަކުގައި އިއްޔެ ކުޅުނު މިނިވަން ފަންސާސް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗް ދޫނޑިގަން ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅުނު މެޗް ދޫނޑިގަން ކާމިޔާބުކުރީ ދަޑިމަގު ޓީމާއި ބައްދަލުކޮށްފައެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް މޮޅަށް ކުޅެފައިވަނީ ދޫނޑިގަން ޓީމުންނެވެ. އަދި ހަމަމިހާފްގައި މެޗްގައި ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ ދޫނޑިގަން ޓީމްގެ ޖަޕާން ކުޅުންތެރިޔާ ކޭސާ އެވެ. ކޭސާ ވަނީ މުޅި މެޗްގައި މޮޅުކުޅުމެއް ދައްކައި ދަޑިމަގު ޓީމްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ދެވަނަ ހާފްގައި ދޫނޑިގަމަށް އިތުރު ގޯލެއް ޖަހާނެ ފުރުސަތެއް ލިބިފައިވެއެވެ. މިފުރުސަތުގައި ކޭސާ ފޮނުވާލި ބާރުހަމަލާ އަމާޒުވެފައިވަނީ ގޯލުގެ މަތީ ދަނޑިއަށެވެ.

މިމުބާރާތް ކުރިއަށްދަނީ ހޯމް އެންޑް އަވޭ އުސޫލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ޒޯން ފައިނަލުގައި ވާދަކުރާ ގޮތަށެވެ. އަދި ހުރިހާ ޒޯންތަކެއްގެ ޗެމްޕިއަން ފައިނަލް ބުރެއް ކުޅެ މޮޅުވާ ޓީމެއް ދިވެހި ޕްރިމިއާ ލީގްގައި ވާދަކުރަން ފުރުސަތު ލިބެއެވެ.

މިނިވަން ފަންސާސް ޗެމްޕިއަންޝިޕް މުބާރާތުގައި ފުވައްމުލަކު ސިޓީ އިން ބައިވެރިވެފައިވަނީ ދެ ޓީމެވެ. އެއީ ދަޑިމަގު އަދި ދޫނޑިގަން އެވެ. އިއްޔެ ކުޅެފައިވަނީ ދަޑިމަގު ހޯމް މެޗްގެ ގޮތުގައެވެ. ފުވައްމުލަކު ސިޓީ ހިމެނޭ ޒޯންގައި ދެން ހިމެނެނީ އައްޑޫ ސިޓީއެވެ. މިދިޔަ އަހަރު މިޒޯންގެ ޗެމްޕިއަން ޓީމަކީ ފޭދޫ ޓީމެވެ.

މިމުބާރާތުގެ ދެވަނަ މެޗް ކުޅޭނީ މިމަހު 16 ވާ އަންގާރަ ވަނަ ދުވަހު ފުވައްމުލަކު ސްޓޭޑިއަމްގައެވެ. މިމެޗަކީ ދޫނޑިގަން ޓީމްގެ ހޯމް މެޗެވެ.


ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!