A wide advertisement which will be shown on all devices. (700 x 100)

ޔޫރަޕުގެ އެންމެ ޝަރަފުވެރި ޗެމްޕިއަންސް ލީގު މިފަހަރުވެސް ރީއާލް އަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެނެމެ ކާމިޔާބު ކުޅުންތެރިޔާ - ކްރިސްޓިއާނާ ރޮނަލްޑޯ

ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ރިއަލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ. މިރޭ ވޭލްސްގެ ކާޑިފްގައި ކުޅެވުނު ފައިނަލް މެޗުގައި އިޓަލީގެ ޔުވެންޓަރސް އާއި ސްޕެއިންގެ ރިއާލް މެޑްރިޑް ބައްދަލުކުރި މެޗު 1-4 ން ކާމިޔާކޮށްގެން ރިއާލް އިން 12 ވަނަ ފަހަރަށް މިމުބާރާތުގެ ތަށި ވަނީ އުފުލާލާފައެވެ. ފާއިތުވި އަހަރުގެ ޗެމްޕިއަނުންނަކީ ވެސް ރިއަލް މެޑްރިޑެވެ.

މިރޭ ކުޅެވުނު ފައިނަލް މެޗުގެ ފަށައިގެން ފުރަތަމަ ކޮޅުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ޔުވެންޓަރސް އިން އިދިކޮޅު ގޯލަށް ދިން ނަމަވެސް މެޗުގެ ފުރަތަމަ ގޯލު ޖެހީ ރެއާލް ގެ ކްރިސްޓިއާނާ ރޮނަލްޑޯއެވެ. އެއިގެ މާގިނަ އިރުތަކެއް ނުވެ ޔުވެންޓަރސްގެ މަންޒުކިޗުގެ އޯވަރހެޑް ކިކަކުން ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށް ދިނެވެ. ފުރަތަމަ ހާފު ނިމުނީ ދެޓީމު 1-1ން އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި މޮޅަށް ކުޅެ ގޯލުތައް ކާމިޔާބުކުރީ ރިއާލް މެޑްރިޑުންނެވެ. ރޮނަލްޑޯގެ ގޯލަކާއި ކަސެމީރޯގެ ގޯލަކާއި ބަދަލު ކުޅުންތެރިޔާ އެސެންސިއޯގެ ގޯލަކާއެކު 4-1ގެ ބޮޑު ތަފާތަކުން ޔުވެންޓަރސް ގެމައްޗަށް ކުރި ހޯދީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ބޭލް ވެސް އަރުވައިގެން، ބޭލްގެ ގައުމުކަމަށްވާ ވޭލްސްގެ 66000 މީހުންގެ ކުރިމަތީގައެވެ.

މިމުބާރާތުގެ ގޯލް ޖެހުމުގެ ރެކޯޑް ރިއާލްގެ ފޯވަރޑް ކްރިސްޓިއާނާ ރޮނަލްޑޯ އަތުގައި އޮތީ 103 ގޯލާ އެކުއެވެ. ވާދަވެރި ބާސެލޯނާގެ މެސީއަށް ޖެހިފައި ވަނީ 94 ގޯލެވެ.

ޔުއެންޓަރސް ފާހަގަ ވެފައި ވަނީ މިމުބާރާތުގެ އެންމެ މޮޅު ޑިފެންސް ލައިން އޮތް ޓީމުގެ ގޮތުގައިއެވެ. ޔުއެންޓަރސް ފައިނަލަށް ދަތުރުކޮށްފައި ވަނީ މުބާރާތުގެ ފޭވަރިންޓުންގެ ގޮތުގައި ބެލެވުނު ފްރާންސްގެ މޮނާކޯ ބަލިކޮށްފައެވެ. މޮނާކޯއިން ވަނީ އެއިގެ ކުރިން ޔޫރަޕުގެ ވަރުގަދަ ބާރެއް ކަމުގައިވާ ބާސެލޯނާ މުބާރާތުގެ ނޮކްއައުޓް ސްޓޭޖުން ކަޓުވާލާފައެވެ. މިރޭގެ ފައިނަލަށް ނިކުތް އިރު ޔުވެންޓަރސް އާއި މިދު ގިނަ ބަޔަކު އުއްމީދުކުރީ މުބާރާތް ކާމިޔާބުކުރާނެ ކަމަށެވެ. ނަމަވެސް މުބާރަތް ނިމިގެން މިދިޔައި ރަނަރަޕް ޓީމުގެ ގޮތުގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !