A wide advertisement which will be shown on all devices. (700 x 100)

އެއްމިނިޓްގެ ސުކޫތަށް ސައުދީ ޓީމުން އިހުތިރާމެއް ނުކުރި

މިރޭގެ މެޗު ފެށުމުގެ ކުރިން ސްކޫތު ގެނައި ވަގުތުގެ ފޮޓޯއެއް

މިރޭ އޮސްޓްރޭލިއާގެ އެޑެލައިޑްގައި ކުޅެވުނު ފީފާ ވޯލްޑްކަޕް ކޮލިފައިން މެޗު ފެށުމުގެ ކުރިން ހަމަޖެހިފައި އޮތް 1 މިނިޓުގެ ހަމަހިމޭން ކަމުގެ ސުކޫތަށް ސައުދީ ފުޓުބޯޅަ ޓީމުން އިޙުތިރާމެއް ނުކުރިއެވެ.

މެޗު ފެށުމަށް ތައްޔާރުވެ، ދެޓީމުން ދަނޑަށް ނިކުމެ ލައިނެއްގައި ސެންޓަރ ސާކަލްގައި ކޮޅަށް ތިބެ ގެންނަ ހަމަހިމޭންކަމުގެ ސުކޫތު، މިރޭ ގެނައިރު ސައުދީ ކުޅުންތެރިން  ތިބީ ވަކިވަކިން ހިގާލަހިގާލާ ޓީމުގެ އިރުޝާދުތައް އަޑުއެދުމުގައެވެ. އެވަގުތު އޮސްޓްރެލިޔާގެ ޓީމުން ލައިން ހަދާފައި ދަނޑުގެ މެދުގައި ތިބި އިރު އެޓީމުގެ ބެންޗު ކުޅުންތެރިން ވެސް ބެންޗުން ތެދުވެ ހަމަހިމޭން ސުކޫތުގައި ބައިވެރިވިއެވެ. ނަމަވެސް ސައުދީ ބެންޗުން ވެސް ސުކޫތުގަިއ ބައިވެރިވެފައެއް ނުވެއެވެ. މިރޭގެ ސުކޫތު ގެނައުމުމަށް ފީފާއާއި އޭއެފްސީން އެދި ދެޓީމުގެ ދެމެދުގައި ކުރިން އެއްބަސް ވެފައިވާ ކަމަށް ވެއެވެ.

މިރޭ މިގެނައި ސުކޫތަކީ ދާދި ފަހުން ލަންޑަނުގައި ދިން ބޮމުގެ ހަމަލާގައި މަރުވިމީހުންނާއި އަނިޔާވީ މީހުންގެ ހަނދާނުގައި ބޭއްވި ސްކުތެކެވެ.

ސައުދީ ޓީމުން ބުނިކަމަށް ވަނީ އެއީ ސައުދީ އާދަކާދައާއި ގުޅުން ހުރި ކަމެއް ނޫންކަމަށާއި އެމީހުން އެމީހުންގެ ހާފުގައި އެވަގުތު ތިބޭނެ ކަމަށެވެ. އަދި މިއީ އިސްލާމްދީނާއި ބީރައްޓެހި އުސޫލެއްކަމަށެވެ.

ސައުދީ ޓީމުގެ މިއަމަލާއި ގުޅިގެން ދަނޑުގައި ތިބި ސަޕޯޓަރުން ވަރަށްބޮދަށް ރުޅިއައިސްގެން ހަޅޭއްލައްވައި ހެދިއެވެ. ބައެއް ފަރަތްތަކުން ގޮވަމުން ދިޔައީ ފީފާއިން ސައުދި އަރަބިއާއަށް އަދަބު ދިނުމަށެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !