19 ޖޫން 2018 (އަންގާރަ)


ކޮންފެޑެރޭޝަން ކަޕްގެ ފުރަތަމަ މެޗު ރަޝިއާއަށް

ރަޝިއާ ޓީމު ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ، (ރަޝިއާ 2- 0 ނިއުޒީލޭންޑް) ފޮޓޯ: ފީފާ

ރަޝިއާ ޓީމު ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ، (ރަޝިއާ 2- 0 ނިއުޒީލޭންޑް) ފޮޓޯ: ފީފާ

މިރޭ ފެށި ފީފާ ކޮންފެޑެރޭޝަން ކަޕުގެ ފުރަތަމަ މެޗު 2-0 ރަޝިއާ ކާމިޔާބު ކޮށްފިއެވެ. މިމެޗުގައި ރަޝިއާ ބައްދަލުކުރީ އޯޝެނިއާ ޗެމްޕިއަންސް ނިއުޒީލޭންޑާއި ދެކޮޅަށެވެ.

މިމެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާ ދިނީ ވެސް ރަޝިއާގެ ޓީމުންނެވެ. އަމިއްލަ ގައުމުގެ ސަޕޯޓަރުން ކުރިމަތީގައި ރަޝިއާ ޓީމުގެ ފުރަތަމަ ގޯލަކީ އެޓީމުގެ ޖޯޒީ ނަމްބަރު 8، ގުލްޝާކޯވް ގެ ހަމަލާއެއް ގޯލަ ދަނޑީގައި ޖެހިފައި ނިކުންނަނިކޮށް ދިފާއު ކުރަން އުޅުނު ނިއުޒީލޭންޑްގެ ކުޅުންތެރިޔާ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.

މެޗުގެ ދެވަނަ ގޯލު ފެނިގެންދިޔައީ ދެވަނަ ހާފުގައި ރަޝިއާގެ ޖޯޒީނަމްބަރު 9 ސްމޮލޯވް ގެ ފަރާތުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާއެވެ.

މިމުބާރާތުގެ މެޗުތައް ސޮނީ ސިކް އެޗްޑީން ވަގުތުން ދައްކައެވެ.

މުބާރާތުގެ 3 ވަނަ އަދި 4 ވަނަ މެޗު މާދަމާ ރޭ ކުޅެވޭނެއެވެ. އެއީ ގްރޫޕް އޭ ގެ މެކްސިކޯ އާއި ޕޯޗުގައިލް، 8:00 ގައި އަދި ގްރޫޕް ބޯގެ ކެމަރޫން އާއި ޗިލީގެ މެޗު 11.00 ގައެވެ.

ގުޅުންހުރި ލިޔުން

ފީފާ ކޮންފެޑެރޭޝަންސް ކަޕް މިއަދު ފެށެނީ

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!