28 ޖޫން 2017 (ބުދަ)


ކޮންފެޑެރޭޝަން ކަޕް: ޗިލީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

ކޮންފެޑެރޭޝަން ކަޕްގައި ޗިލިން ކެމަރޫންގެ ގޯލަށް ހަމލާއެއް ދެނީ

ކޮންފެޑެރޭޝަން ކަޕްގައި ޗިލިން ކެމަރޫންގެ ގޯލަށް ހަމލާއެއް ދެނީ

މިރޭ ކުޅެވުނު ފީފާ ކޮންފެޑެރޭޝަން ކަޕުގެ 2 ވަނަ މެޗު ޕޯޗުގަލް އާއި މެކްސިކޯގެ މެޗު އެއްވަރުވި އިރު 3 ވަނަ މެޗު ޕޯޗުގަލް އިން ކާމިޔާބުކުރީ 2-0 ން މޮޅުވެގެންނެވެ.

ރަޝިއާގައި ކުރިޔަށްދާ ދުނިޔޭގެ ބައްރުތަކުގެ ފުޓުބޯޅަ މުބާރާތުގެ 2 ވަނަ މެޗުގައި މިރޭ 8:00 ގައި ޕޯޗުގަލް އާއި މެކްސިކޯ ބައްދަލުކުރި މެޗު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ. ކަޒާން އެރީނާގައި ކުޅެވުނު މިމެޗުގައި ގިނަ ވަގުތު ބޯޅާ ހިފަހައްޓައިގެން ކުޅުނީ މެކްސިކޯ ޓީމުންނެވެ. ނަމަވެސް ދެޓީމުން ވެސް އިދިކޮޅު ގޯލަށް ހަމަލާތައް ދެމުން ދިޔައެވެ.

މެކްސިކޯ ހާފުގެ މެދަށްވުރެ ޕެންލްޓީއޭރިއާ ކައިރިން ޕޯޗުގަލްގެ ކްރިސްޓިއާނާ ރޮނަލްޑޯ ފޮނުވާލި ހިލޭޖެހުމަކުން އުފެދުނު ހަމަލާގައި ދެވަނަ ފަހަރަށް ރޮނަލްޑޯ ފޮނުވާލި ބޯޅަ މެކްސިކޯގެ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނިކުތުމުން އެޓީމުގެ ރިކާޑޯ ކަރިސްމާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލިއެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއްގައި ބޭނުންކުރާ ވީޑިއޯ އެސިސްޓެންޓް ރެފުރީންގެ ނިންމުމާއެކު ގޯލަކަށް ނުވެ އޮފްސައިޑަކަށް ވެގެން މެކްސިކޯއަށް ލިބުނު ޖެހުމުން ކުޅުން އަލުން ފެށީއެވެ.

އެއިގެ މާގިނަ އިރެއް ނުވެ މެޗުގެ ފުރަތަމަ ލަނޑު ރޮނަލްޑޯ ގެމޮޅު ކުޅުމާއެކު ދިން  ޕާހަކުން ކާމިޔާބުކޮށް ދިނީ ކަރިސްމާ (ޖ. 20) އެވެ. ފޯޗުގަލްގެ ލަނޑަށް މާގިނަ އިރެއް ނުވެ މެކްސިކޯގެ ފޯވަޑު ހާނަންޑޭޒް ގޯލެއް ކާމިޔާބުކޮށްދިނީ އެޓީމުގެ ކާލޯސް ވެލާގެ ހުރަހެއް ބޮލުން ޖަހައިގެންނެވެ.

ދެވަނަ ހާފު ނިމެން 4 މިނިޓަށް ވެފައި ވަނިކޮށް ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލްގެ ދެވަނަ ގޯލް ކާމިޔާބު ކޮށްދިނީ ޖާޒީ ނަމްބަރު 21 ސެޑްރިކް އެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި މެކްސިކޯގެ ކޯނަރަކުން، އެޓީމުގެ މޮރިނޯ ބޮލުން ކާމިޔާބުުކޮށްދިން ގޯލާއެކު މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކްރިސްޓިއާނާ ރޮނަލްޑޯއެވެ.

ޗިލީ އާއި ކެމަރޫން މެޗު

މުބާރާތުގެ 3 ވަނަ މެޗުގައި ގްރޫޕް ބީގެ ޗިލީ އާއި ކެމަރޫން ބައްދަލުކުރި މެޗު ނިމުނީ 2-0 ން ޗިލީ މެޗު ކާމިޔާބުކޮށްގެންނެވެ. ފުރަތަމ ހާފުގައި ކެމަރޫން އިން ދެއްކި ވަރުގެ މޮޅު ކުޅުމެއް ދެވަނަ ހާފުގައި ނުދެއްކުނެވެ. ޗިލީގެ ފޯވަޑު ލައިނުން ސަންޗޭޒް އާއި އަރުތޫލް ވިދާލް އަދި ވާގާސް ގެ ނުރައްކާ މެކްސިކޯގެ ގޯލަށް ދިޔައީ ކުރަމުންނެވެ. ނަމަވެސް މެޗުގެ ދެގޯލު ވެސް ފެނިގެން ދިޔައީ މެޗު ނިމެން 10 މިނިޓަށް ވުރެން ވެސް ކުރުވި ފަހުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗިލީގެ ވާގާސް (ޖ.11) ބޯޅަ ގޯލަށް ވައްދާލި ނަމަވެސް ވީޑިއޯ ރެފުރީންގެ އެހީތެރިކަމާއެކު އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމުނެވެ. ބަދަލުކުޅުން ތެރިއެއްގެ ގޮތުގައި އެލެކްސް ސަންޗޭޒް ކުޅެން ނުކުތުމުން ޗިލީގެ ހަމަލާތައް ވަރުގަަ ވެގެން ދިަޔައެވެ. މެޗުގެ 81 ވަނަ މިނިޓުގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް ދިނީ ސަންޗޭޒްގެ ހުރަހަކުން ވިދާލް އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ދެވަނަ ގޯލު ކާމިޔަބުކޮށް ދިނީ އެޓީމުގެ ވާގަސް އެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗިލީގެ އަރުތޫލް ވިދާލް (ޖ. 8) އެވެ.

މަދަމާ ރޭ ކުޅެވޭނީ ގްރޫޕް ބީގެ އޮސްޓްރޭލިއާ އާއި ޖަރުމަން ބައްދަލުކުރާ މެޗެވެ. މެޗު ފެށެނީ ރޭގަނޑު 8:00 ގައެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!