A wide advertisement which will be shown on all devices. (700 x 100)

ވޯލްޑް ޗެމްޕިއަން ޖަރުމަނަށް އޮސްޓްރޭލިއާ ބަލިކޮށް ލެވުނީ 3-2ން

ޖަރުމަނުގެ ކެޕްޓަން (ޖ.7) ޑްރެކްސްލަރ، މޮޗުމގައި މޮޅު ކުޅުމެއް ދެއްކި. ފޮޓޯ ފީފާ

މިހާރު ރަޝިއާގައި ކުރިޔަށްދާ ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ 4 ވަނަ މެޗުގައި، ދުނިޔޭގެ ޗެމްޕިއަން ޖަރުނަށް އޮސްޓްރޭލިޔާ ބަލިކޮށްލެވުނީ 3 ލަނޑު 2 ލަނޑުންނެވެ. ސޮޗީގެ ފިޝްޓް ސްޓޭޑިއަމްގައި 28500 ކުޅިބެލުންތެރިންގެ ކުރިމަތީގައި، ޖަރުމަނުގެ ފުރަތަމަ ގޯލު މެޗުގެ 4 ވަނަ މިނިޓްގައި ޖެހުމުން ގިނަބަޔަކަށް ހީކުރެވުނީ ވަރުގަދަ ޖަރުމަން ބޮޑު ތަފާތަކުން މެޗު ކާމިޔާބުކުރާނެ ކަމަށެވެ.

ޖަރުމަނުން ގިނަ ހަމަލާތަކެއް ދިން ނަވެސް، ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް އޮސްޓްރެލިއާގެ ޖާޒީ ނަމްބަރު 23 ރޮޖިކް ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރު ކުރިއެވެ. ނަމަވެސް ހާފުނިމުމުގެ ކުރިން، މުޅިމެޗުގައި ވެސް ފާހަގަ ވެގެންދިޔަ ޖަރުމަނުގެ ކެޕްޓަން ޑްރެކްސްލަރ (ޖ.7) ޕެނަލްޓީން ކާމިޔާބުކޮށްދިން ލަޑާއެކު ދެވަނަ ފަހަރަށް ލީޑު ނެގިއެވެ.

ދެވަނަ ފާހު ފެށިގެންނާއެކުހެން ޖަރުމަނުގެ ފޯވަޑް ގޮރެޒްކާ (ޖ.8 ) ގެ ގޯލަކުން މެޗުގެ ނަތީޖާ 3-1 ބަދަލުކުރިއެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ އޮސްޓްރޭލިޔާގެ ހިލޭ ޖެހުމެއްގައި، ޖަރުމަނުގެ އައު ކީޕަރ، ލެނޯ ހިފަން އުޅުނު ބޯޅަ އަތުގައި ޖެހިފައިި ނިކުތް ތަނުން އޮސްޓްރޭލިއާގެ ޖޫރިކް (ޖ.9) ގޯލަށް ވައްދާލީ މެޗު ނިމެން 4 މިނިޓަށް ވެފައި ވަނިކޮށެވެ. މެޗު ނިމުނީ 3-2ން ޖަރުމަން މޮޅުވެގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ ޖަރުމަނުގެ ކެޕްޓަން ޑްރެކްސްލާ އެވެ.

މާދަމާ މިމުބާރާތުގެ ކުޅުމެއް ނޯންނާނެއެވެ. ބުރާސްފަތި ދުވަހުގެ ރޭ ގްރޫޕް އޭ ގެ ދެމެޗު ކުޅެވޭނެއެވެ.

20:00 ގައި ރަޝިއާ އާއި ޕޯޗުގަލް

23:00 ގައި މެކްސިކޯ އާއި ނިއުޒީލޭންޑް

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !