22 ޖޫން 2018 (ހުކުރު)


ގްރޫޕް ބީގެ ދެމެޗު ވެސް މިރޭ ވީ އެއްވަރު

ޗިލީގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބޮކޮށް ދީފައިވާ އެލެކްސް ސަންޗޭޒް (ޖ.7). ފޮޓޯ: ފީފާ

ޗިލީގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބޮކޮށް ދީފައިވާ އެލެކްސް ސަންޗޭޒް (ޖ.7). ފޮޓޯ: ފީފާ

ފީފާ ކޮންފެޑެރޭޝަން ކަޕުގައި މިރޭ ކުޅެވުނީ ގްރޫޕް ބީގެ ދެމެޗެވެ. މި ދެ މެޗު ވެސް ނިމުނީ 1 ލަނޑު 1 ލަނޑުން އެއްވެގެންނެވެ. ފުރަތމަ މެޗުގައި އޮސްޓްރެލިއާ އާއި ކެމަރޫން ބައްދަލުކުރި އިރު ދެވަނަ މެޗުގައި ބައްދަލުކުރީ ޖަރުމަނާއި ޗިލީ އެވެ.

މިމުބާރާތުގައި މިހާތަނަށް ކުޅެވުނު މެޗުތަކަށް ބަލާއިރު އެންމެ ވަރުގަދަ ކަމަށް ބެލެވެނީ ޖަރުމަނު ޓީމާއި ޗިލީގެ ޓީމެވެ. ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި މުބާރާތުގެ ފައިނަލުގައި ފެނުން އެންމެ ގާތީ ވެސް މިދެ ޓީމެވެ.

އޮސްޓްރޭލިއާ އާއި ކެމަރޫންގެ މެޗު

މިރޭ 8:00 ގައި ސެއިންޓް ޕީޓަރސްބާރގް ގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ގޯލު، މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށް ދިނީ ކެމަރޫންގެ ޖާރޒީ ނަމްބަރު 3 އެންގީސާ އެވެ. ކެމަރޫން ޓީމުން މުޅި މެޗުގައި އިދިކޮޅު ގޯލަށް 19 ހަމަލާ ދިން އިރު އޮސްޓްރެލިއާއަށް ދެވިފައި ވަނީ އެންމެ 5 ހަމަލާއެވެ. ނަމަވެސް ދެވަނަ ހާފުގެ މެދެއްހާ ހިސާބުގައި ލިބުނު ޕެނަލްޓީއަކުން ގޯލެއް ކާމިޔާބުކޮށް ދިނީ ކެޕްޓަން މިލިގަން (ޖ.9) އެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކެމަރޫންގެ ގޯލް ކާމިޔާބުކޮށް ދިނީ އެންގީސާ (ޖ.3) އެވެ.

ޗިލީ އާއި ޖަރުމަން ބައްދަލުކުރި މެޗު

މިރޭ 11:00 ގައި ކަޒާންގެ ކަޒާން އެރީނާގައި ޗިލީއާއި ޖަރުމަން ބައްދަލުކުރި މެޗުގެ ފުރަތަމަ ގޯލު މެޗުގެ 6 ވަނަ މިނިޓްގައި ކާމިޔާބުކޮށް ދިނީ ޗިލީގެ ވިދާލްގެ ޕާހަކުން ޖާޒީ ނަމްބަރު 7 އެލެކްސް ސަންޗޭޒް އެވެ. މިގޯލާއެކު ޗިލީގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށް ދިނުމުގެ ޝަރަފު ސަންޗޭޒް އަށް ލިބެނީ 38 ގޯލު ހަމަކޮށްގެން ނެވެ.

މިމުބާރާތުގައި މިހާތަނަށް ޖެހި ގޯލުގެ އަދަދު 21 އަށް ހަމަކުރި ގޯލު ޖަރުމަނުގެ ސްޓިންޑްލް ކާމިޔާބުކޮށް ދިނީ ފުރަތަމަ ހާފުގެ 41 ވަނަ މިނިޓްގައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗިލީގެ ގޯލު ކާމިޔާބުކޮށްދިން އެލެކްސް ސަންޗޭޒް (ޖ.7) އެވެ.

މިގްރޫޕުގައި ކުރިޔަށް އޮތް މެޗުން މަދުވެގެން ޕޮއިންޓެއް ހޯދައިގެން މިދެޓީމަސް ވެސް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ މިދެޓީމަށް ވެސް މިހާރު 4 ޕޮއިންޓް ލިބިފައިވާއިރު އަނެއް ދެޓީމަށް ވެސް ލިބިފައި ވަނީ 1 ޕޮއިންޓެވެ.

މިމުބާރާތުގެ ކުޅުން އެއްދުވަހުގެ މެދުކެނޑުމަކަށް ފަހު ދެން އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެރޭގެ ކުޅެވޭ ގްރޫޕް އޭ ގެ ދެމެޗު ވެސް ކުޅެވޭނީ އެއް ގަޑިއެއްގައި، ރޭގަނޑު 8:00 ގައެވެ.

މެކްސިކޯ އާއި ރަޝިއާ

ނިއުޒީލޭންޑާއި ޕޯރޗުގަލް

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!