22 ޖޫން 2018 (ހުކުރު)


ކޮންފެޑެރޭޝަން ކަޕް ގެ ފައިނަލަށް ޗިލީ ދަތުރުކޮށްފި

ސެމީ ފައިނަލުގައި ޗިލީގެ ގޯލްކީޕަރު ބްރާވޯ ވަނީ ޕޯޗުގައިލް އިން ޖެހި ހުރިހާ ޕެނަލްޓީއެއް ދިފާއުކޮށްފައި. ފޮޓޯ ފީފާ

ސެމީ ފައިނަލުގައި ޗިލީގެ ގޯލްކީޕަރު ބްރާވޯ ވަނީ ޕޯޗުގައިލް އިން ޖެހި ހުރިހާ ޕެނަލްޓީއެއް ދިފާއުކޮށްފައި. ފޮޓޯ ފީފާ

މިރޭ ކަޒާން އެރީނާގައި ކުޅެވުނު ކޮންފެޑެރޭޝަން ކަޕްގެ ސެމީ ފައިނަލް މެޗުގައި ޔޫރަޕްގެ ޗެމްޕިއަން ޕޯޗްގަލް އާއި ދެކުނު އެމެރިކާގެ ޗެމްޕިއަން ޗިލީ ބައްދަލުކުރި މެޗު ޕެނަލްޓީ ޖަހައިގެން ޗިލީ ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

މިރޭގެ މެޗު ފެށިގެން ފުރަތަމަ ހާފުގައި ދެޓީމުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު ދެޓީމުން ވެސް އިދިކޮޅު ގޯލަށް ނުރައްކާ ކުރަމުން ގޮސްފައި ވެއެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ޕޯޗުގަލް ޓީމުގެ ކުޅުން ވަރުގަދަވި ކަން ފާހަގަ ވިއެވެ. އަދި ގިނަ ފުރުސަތުތަކެއް ހޯދައި ދެންމެ ދެންމެ ގޯލެއް ކާމިޔާބު ކޮށްފާނެ ހެން ވެސް ހީވިއެވެ.

ނަމަވެސް މެޗުގެ ފުރަތަމަ 90 މިނިޓް ހަމަ ވިވެސް ދެޓީމުންކުރެ ޓީމަކަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.ދެން ކުޅެވުނު އިތުރު ވަގުތުގެ 15 މިނިޓުގެ ދެވަނަ ހާފުގެ ފަހު މިނިޓުގައި ޗިލީގެ ވިދާލު ފޮނުވާލި ނުރައްކާތެރި ބޯޅައި ހުރަހަކަށް ވީ ގޯލުގެ އަރިމަތީ ދަނޑިއެވެ. އަދި ދަނޑީގައި ޖެހިފައި ނިކުން ބޯޅަ ގޯލު އޭރިއާ ތެރޭގައި ހުހަށް ހުރި ޗިލީގެ ފޯވަޑު ކުޅުންތެރިޔާ ދެވަނަ ފަހަރަށް ފޮނުވާލި ބޯޅަ ވެސް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނިކުތުމުން ޕޯޗުގަލްގެ ޑިފެންޑަރުން ކޯނަރަކަށް ބޭރުކޮށްލީއެވެ.

މިމެޗުގެ ހީރޯއަކަށް ވީ ޗިލީގެ ކެޕްޓަން އަދި ގޯލް ކީޕަރ ކްލައުޑިއޯ ބްރާވޯއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ކީޕަރ ބްރާވޯއެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި އޭނާ ވަނީ ޕޯޗުގަލް އިން ޖެހި 3 ޕެނަލްޓީ ވެސް ޑައިވްކޮށް ދިފާއު ކޮށްފައެވެ. ޕޯޗުގަލްގެ ޕެނަލްޓީތައް ޖެހީ ރިކާޑޯ ކަރިސްމާއާއި މުނިޓީނިއޯ އާއި ނާނި އެވެ. އެކަމަކު ޗިލީން ޖެހި 3 ޕެނަލްޓީ ވެސް ކާމިޔާބު ކުރުމުން އިތުރަށް ޕެނަލްޓީ ނުޖަހައި މެޗު ނިންމާލީ ޕެނަލްޓީގައި ޗިލީ 3-0 ން މޮޅުވެގެންނެވެ. ޗިލީގެ ޕެނަލްޓީ ތައްޖެހީ އަރުތޫލް ވިދާލް އާއި ޗާލްސް އަރަންގުއިޒް އަދި އެލެކްސް ސަންޗޭޒް އެވެ.

މުބާރާތުގެ ދެނަވަ ސެމީ ފައިނަލް މެޗު ކުޅެވޭނީ މާދަމާ ރޭ 23:00 ގައި ސޮޗީގެ ފިޝްޓް ސްޓޭޑިއަމްގައެވެ.

ދެވަނަ ސެމީ ފައިނަލް މެޗުގައި ޖަރުމަނާއި ބައްދަލުކުރާނީ މެކްސިކޯގެ ޓީމެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!