A wide advertisement which will be shown on all devices. (700 x 100)

ފީފާ ކޮންފެޑެރޭޝަން ކަޕުގެ ފައިނަލަށް ފުރަތަމަ ފަހަރަށް ޖަރުމަން ދަތުރުކޮށްފި

ޖަރުމަނުގެ ވާރނަރ ޛ. 11 - މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ (3 ގޯލު). ފޮޓޯ ފީފީ

މިރޭ ކުޅޭވުނު ފީފާ ކޮންފެޑެރޭޝަން ކަޕްގެ ސެމީ ފައިނަލުގެ ދެވަނަ މެޗު ފަސޭހަކަމާއެކު 4-1 ން މެކްސިކޯގެ މައްޗަށް ކުރިހޯދައި ޖަރުމަނުން ފައިނަލަށް ދަތުރުކޮށްފިއެވެ. މިއީ ޖަރުމަނުން މިމުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މިރޭ ސޮޗީގެ ފިސްޓް ސްޓޭޑިއަމްގައި ކުޅެވުނު ފޯރިގަދަ މެޗުގެ ފުރަތަމަ 10 މިނިޓުގައި ޖަރުމަނުގެ ގޮރެޒްކާ (ޖ. 8) ވަނި 2 ގޯލުޖަހައި ޖަރުމަނުގެ ޔަގީންކަން ބޮޑުކޮށް ދީފައެވެ. ދެވަނ ހާފު ފެށިގެން ޖަރުމަނުގެ ވާރނާރ (ޖ.11 ) މެޗުގެ 3 ވަނަ ގޯލާއެކު އޭނާ މި މުބާރާތުގައި ޖެހި ގޯލުގެ އަދަދުވެސް 3 އަށް ހަމަކުރިއެވެ. 3-0ން ބަލިވެފައި އޮތް އިރުވެސް މެކްސިކޯގެ ކުޅުމަށް ތައުރީފު ހައްގެވެ. ލިބުނު ގިނަ ފުރުސަތުތައް ބޭނުން ނުކުރެވި ދިޔައިރު ގޯލުގެ ހުރަސް ދަނޑިއަށް ވެސް އެމީހުންގެ ހަމަލާތައް އަރާފައި ވެއެވެ. އަދި ޖަރުމަނުގެ ބާސެލޯނާ ކީޕަރު ޓަސްޓެގަންގެ ދިފާއުތަކުން މެކްސިކޯ އަށް ދިޔައީ ކުރި ނުލިބިއެވެ.

މެޗު ނިމެން އެއް މިނިޓަށް ވެފައި ވަނިކޮށް މެކްސިކޯގެ ބަދަލު ކުޅުންތެރިއާ (ޖ.8) ފަބިއަން ޖަރުމަނުގެ ހާފުގެ މެދުތެރެއިން ފޮނުވާލި ބާރު ބޯޅަ، ރޮކެޓެއް ހެން ގޮސް ވަނީ ޖަރުމަނުގެ ގޯލުގެ މަތީ ކަނަށެވެ. މިއީ މި މުބާރާތުގައި މިފަހަރު ޖެހި އެންމެ މޮޅު ގޯލަށް ވާނެކަމަށް ބެލެވެއެވެ. މެޗުގެ ފަހު ގޯލު އިތުރު ވަގުތުގައި ކާމިޔާބުކޮށް ނަތީޖާ 4-1ށް ބަދަލުކޮށްލީ ބަދަލު ކުޅުންތެރިޔާ ޖަރުމަނުގެ ޔޫނުސް (ޖ.15) އެވެ.

ބޮޑުތަފާތަކުން ބަލިވެފައި އޮތްކަމަކު މެކްސިކޯ ޓީމުން ފެނިގެން ދިޔައީ މެޗުގެ ސްކޯއަށް ބެލުމެއް ނެތި ހިތްވަރާއެކު މޮޅު ކުޅުމެއް ކުޅެމުން ދިޔަ ތަނެވެ. އެގޮތުން މުޅި މެޗުގެ ބޮޑުބައި އެމީހުންގެ ކޮންޓްރޯލް ދަށުގައި ބޭއްވުމައި ގިނަ ހަމަލާތަކެއް ޖަރުމަނުގެ ގޯލަށް ފޮނުވާލުން ފާހަގަ ކުރެވެއެވެ.

މުޅި މެޗްގައި %58 ބޯޅަ ކޮންޓްރޯލް މެކްސިކޯ އަތްދޮށުގައި އޮތްއިރު، 24 ހަމަލާ އިދިކޮޅު ގޯލަށް ފޮޮނުވާލިއެވެ. ނަމަވެސް ޖަރުމަނަށް ފޮނުވާލެވިފައި ވަނީ 12 ހަމަލާއެވެ. މުޅި މުބާރާތުގައި ވެސް މިހާތަނަށް އެންމެ އެޓޭކިން ކުޅުމެއް ފެނިގެން ގޮސްފައި ވަނީ މެކްސިކޯގެ ފަރާތުންނެވެ. އެމީހުން ވަނީ އިދިކޮޅު ގޯލުތަކަށް 69 ހަމަލާ ދީފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖަރުމަނުގެ ފުރަތަމަ ދެ ގޯލު ކާމިޔާބުކޮށް ދިން ގޮރެޒްކާ އެވެ.

މިމުބާރާތުގެ ފައިނަލް މެޗާއި 3 ވަނަ ހޮވާ މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުއެވެ.

3 ވަނަ ހޮވާމެޗުގައި ބައްދަލުކުރާނީ ޕޯޗުގަލް އާއި މެކްސިކޯއެވެ.

ފައިނަލްގައި ވާދަކުރާނީ ޖަރުމަނާއި ޗިލީއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !