18 އޯގަސްޓް 2017 (ހުކުރު)


ވޮލީ ބޯޅަ އެސޯސިއޭޝަން ކަޕްގެ ފުރަތަމަ މެޗް މިސްކިތްމަގަށް

ރޭގެ މެޗް. ފޮޓޯ: ވީއޭއެމް

ރޭގެ މެޗް. ފޮޓޯ: ވީއޭއެމް

ސައްބީސް ވަނަ ވޮލީ ބޯލް އެސޮސިއޭޝަން ކަޕްގެ އަންހެން ޑިވިޟަންގެ ފުރަތަމަ މެޗް މިސްކިތްމަގު އެންމެންގެ ގުޅުން ކާމިޔާބުކޮށްފިއެވެ.

ރޭ ފުވައްމުލަކު ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓްގައި ފެއްޓި މުބާރާތުގެ ފުރަތަމަ މެޗް މިސްކިތްމަގު އެންމެންގެ ގުޅުން ކާމިޔާބުކުރީ ފުރެންޑްސް ކުލަބް ފުނާޑު އާއި ބައްދަލުކޮށް 4-1 ސެޓުންނެވެ. މިސްކިތްމަގު ސެޓްތައް ގެންގޮސްފައިވަނީ 25-22، 25-17 އަދި 25-17 އިންނެވެ. މިމެޗްގައި ފުނާޑު ޓީމުންވެސް އެއް ސެޓް ކާމިޔާބުކޮށްފައިވެއެވެ. އެޓީމް ސެޓް ކާމިޔާބުކުރީ 27-25 އިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔަކީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޖ.7 އައިޝަތު އަރީޝާ އެވެ.

ހަ ޓީމް ބައިވެރިވެފައިވާ، މިމުބާރާތުގައި މިއަދު ތިން މެޗް ކުޅޭނެއެވެ. މިއަދު ހަވީރު 4:00 ގައި ބައްދަލުކުރާނީ ޕޮލިސް ކުލަބާއި ދަ ފޭދޫ ސްޕޯޓްސް އެވެ. މިރޭ 20:00 ގައި ބައްދަލުކުރާނީ ފްރެންޑްސް ކުލަބް ފުނާޑާއި ވިލިގިލީ ޒުވާނުންގެ ޖަމްމިއްޔާއެވެ. އަދި މިރޭ 21:30 ގައި ބައްދަލުކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުމާއި ފޭދޫ ޔޫތު ކޮމިއުނިޓީއެވެ.

ފުވައްމުލަކުން މިމުބާރާތުގައި ބައިވެރިވެފައިވަނީ ދެ ޓީމެވެ. އެއީ މިސްކިތްމަގު އެންމެންގެ ގުޅުމާއި ފުރެންޑްސް ކުލަބް ފުނާޑު އެވެ. މީގެ އިތުރުން ބައިވެރިވެފައިވަނީ ޕޮލިސް ކުލަބާއި، އައްޑޫ ސިޓީގެ ފޭދޫ އަށް ނިސްބަތްވާ ދެ ޓީމާއި ގއ. ވިލިގިލީ ޓީމެކެވެ.

މިމުބާރާތް ކުރިއަށް ގެންދަނީ ލީގް އުސޫލުންނެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 22 ވަނަ ދުވަހުގެ ރޭގައެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!