A wide advertisement which will be shown on all devices. (700 x 100)

ވޮލީބޯލް އެސޯސިއޭޝަން ކަޕް، އަންހެން ޑިވިޜަނުގެ ކުރީގައި މިސްކިތްމަގު ޓީމު

ފވމ ޒުވާނުންގެ މަރުކަޒު ވޮލީ ކޯޓު. ފޮޓޯ: ވީއޭމް

މިހާރު ފުވައްމުލައް ސިޓީގައި ކުރިޔަށްދާ 26 ވަނަ ވޮލީ ބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޜަންގެ ކުޅުން ފާއިތުވި ދެ ދުވަހުވެސް ކުރިޔަށް ކުރިޔަށް ގެންގޮސްފައި ވެއެވެ. 

އިއްޔެ ހަވީރު ކުޅެވުނުން މުބާރާތުގެ 5 ވަނަ މެޗުގަިއ ބައްދަލުކުރީ މިސްިކތްމަގު އެންމެންގެ ގުޅުން ޓީމާއި ޕޮލިސް ކްލަބްގެ ޓީމެވެ. ފޯރިގަދަ ކުޅުމަކަށްފަހު މެޗު ނިމުނި 3 ސެޓް އެއް ސެޓުން މިސްކިތްމަގު ޓީމު މޮޅުވެގެންނެވެ. މިމެޗު އެނަލައިޒު ކުރި ފަރާތްތަކުން ހާމަކުރި ގޮތުގައި މިއީ މިމުބާރާތުގެ ފައިނަލުގައި ކުޅުން އެންމެ ގާތް ދެޓީމެވެ. މިސްކިތް މަގު ޓީމު ވަނީ އެޓީމުގެ މީގެ ކުރިން ކުޅުން ދެމެޗު ވެސް ކާމިޔާބުކޮށްފައެވެ. 

ހަ ޓީމްގެ މެދުގައި ޕޫލް އުސޫލުން ކުޅޭ މިމުބާރާތުގައި ކޮންމެ ދުވަހަކު ވެސް 3 މެޗް މެޗް ކުޅެއެވެ. އެއީ ހަވީރު އެއްމެޗާއި ރޭގނަޑު ދެމެޗެވެ. އިއްޔެ ރޭގެ ފުރަތަމަ މެޗުގައި 20:00 ގައި ބައްދަލުކުރީ ފޭދޫ ޔޫތު ކޮމިއުނިޓީގެ ޓީމާއި ގއ. ވިލިނގިލީ ޒުވާނުންގެ ޖަމްއިއްޔާގެ ޓީމެވެ. މިމެޗު 3 ސެޓް 2 ސެޓުން ކާމިޔާބުކުރީ ފޭދޫ ޔޫތު ކޮމިއުނިޓީގެ ޓީމެވެ. މެޗުގެ ފުރަތަމަ ދެ ސެޓް ފޭދޫ ޓީމުން ގެންގޮސްފައި ވަނީ 25-20، 25-15ން ނެވެ. ނަމަވެސް ވިލިގިލީ ޓީމުގެ ކުޅުން ރަނގަޅުކޮށް 3 ވަނަ ސެޓާއި 4 ވަނަ ސެޓު ކާމިޔާބު ކުރީ 22-25، އަދި 20-25 އިން ނެވެ.  ފަހު ސެޓް ފޭދޫ ޓީމުން ކާމިޔާބުކުރީ 15-11 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފޭދޫ ޔޫތު ކޮމިއުނިޓީގެ ޖާޒީ ނަމްބަރު 6 ސޮފާ ނާޒު އެވެ.

ރޭގެ ފަހު މެޗުގައި ބައްދަލުކުރީ ފްރެންޑްސް ކްލަބު ފުނާޑް އާއި ދަ ފޭދޫ ސްޕޯރޓްސް ގެ ޓީމެވެ. މިމެޗު 3 ސެޓް 0 ސެޓުން ކާމިޔާބުކުރީ ފުނާޑު ޓީމެވެ. މެޗުގެ ސެޓްތައް ފުނާޑުން ޓީމުން ގެންގޮސްފައި ވަނީ 25-17، 27-25، އަދި  25-19 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަރީ ފުނާޑު ޓީމުގެ ޖާޒީ ނަމްބަރު 11 ޢާއިޝަތު ޝައްފާ އެވެ.

މިމުބާރާތުގެ 3 މެޗް އިހަށް ދުވަހު ވެސް ކުޅެވިފައި ވެއެވެ. އެގޮތުން ކުޅެވުނު މުބާރާތުގެ 2 ވަނަ މެޗު 3-1 ސެޓުން ޕޮލިސް ކްލަބު ކާމިޔާބު ހޯދީ ފޭދޫ ސްޕޯރޓްސް ގެމައްޗަށެވެ. މިމެޗު ޕޮލިސް ޓީމުން ކާމިޔާބުކުރީ 25-12، 22-25، 25-17، އަދި 25 13 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބުގެ ހައްވާ ރަޝްދާ (ޖ.6) އެވެ.

މުބާރާތުގެ 3 ވަނަ މެޗު ފްރެންޑްސް ކްލަބް ފުނާޑުން 3-0 ން ކާމިޔާބުކުރީ ވިލިނގިލީ ޒުވާނުންގެ ޖަމްއިއްޔާގެ އަންހެން ޓީމު ބަލިކޮށްގެންނެވެ. މިމެޗުގެ ސެޓްތައް ފުނާޑު ޓީމުން ގެންދިޔައީ 25-12، 25-11 އަދި 25-13 ން ނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފުނާޑު ޓީމުގެ ޖާޒީ ނަމްބަރު 11 ޢާއިޝަތު ޝައްފާ އެވެ. ޝައްފަ ވަނީ ކުރިން ކުޅުނު މެޗުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

ތޭރަ ޖުލައިގެ ރޭގަނޑު ކުޅެވުނު ފަހު މެޗުގައި މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޓީމުން ފޭދޫ ޔޫތު ކޮމިއުނިޓީގެ މައްޗަށް ކުރި ހޯދީ ސީޯދާ 3-0 ސެޓުންނެވެ. މެޗުގެ ސެޓްތައް ގެންގޮސްފައި ވަނީ 25-15، 25-05 އަދި 25-16 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ މިސްކިތްމަގު ޓީމުގެ ފާތިމަތު މަޒިއްޔާ (ޖ.3) އެވެ.

ހަ ޓީމުން ވާދަކުރާ މިމުބާރާތުގެ 3 މެޗު މިއަދު ވެސް ކުޅެވޭނެއެވެ. 

މިއަދު ހަވީރު 16:00 ކުޅެވޭ މެޗުގައި ބައްދަލުކުރާނީ އައްޑޫސިޓީ ފޭދޫ ދެޓީމު ކަމަށްވާ ފޭދޫ ޔޫތު ކޮމިއުނިޓީގެ ޓީމާއި ފޭދޫ ސްޕޯރޓްސް އެވެ.

މިރޭގެ ފުރަތަމަ މެޗު 20:00 ގައި މިސްކިތްމަގު އެންމެންގެ ގުޅުން ޓީމާއި ބައްދަލުކުރާނީ ވިލިނގިލީ ޒުވާނުންގެ ޖަމްއިއްޔާގެ ޓީމެވެ.

މިރޭ ފަހު މެޗުގައި 21:30 ބައްދަލުކުރާނީ ފުރެންޑްސް ކްލަބް ފުނާޑާއި ޕޮލިސް ކްލަބެވެ.

މިމުބާރާތް ޕޫލް މެޗުތައް މާދަމާ އަދި އަނެއް ދުވަހު ވެސް ކުޅެވޭނެއެވެ. މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 22 ވާ ހޮނިހިރު ދުވަހުގެ ރޭގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !