A wide advertisement which will be shown on all devices. (700 x 100)

ސެމީފައިނަލުގެ ފަހު ޖާގަ ދަ ފޭދޫ ސްޕޯރޓްސް އަށް

ރޭ ކުޅެވުނު ޕޫލް ބުރުގެ ފަހު މެޗުގެ ތެރެއިން

މިހާރު ފުވައްމުލައް ސިޓީގައި ކުރިޔަށްދާ ވީއޭއެމް އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހުޖާގަ ދަ ފޭދޫ ސްޕޯރޓްސް އިން ހޯދައިފިއެވެ. ރޭ ކުޅެވުނު ޕޫލް ބުރުގެ ފަހު މެޗުގައި ވިލިނގިލި ޒ.ޖ ގެ ޓީމުގެ މައްޗަށް އެޓީމުން ވަނީ 3-1 ން ކުރިހޯދާފައެވެ. ރޭގެ މެޗު ފޭދޫ ޓީމުން ގެންގޮސްފައި ވަނީ 23-25، 25-17، 26-24 އަދި 25-18 އިންނެވެ.

މިނަތީޖާއާއި އެކު ވިލިނގިލީ ޓީމު މިވަނީ މުބާރާތުގެ ފުލަށް، 6 ވަނައަށް ވެއްޓި މުބާރާތުން ކަޓާފައެވެ. އަދި 5 ވަނަ ޓީމުގެ ގޮތުގައި މުބާރާތުން ކެޓީ ފޭދޫ ޔޫތު ކޮމިއުނިޓީގެ ޓީމެއެވެ. ފޭދުން މިމުބާރާތުގައި 2 ޓީމު ވާދަކޮށްފައި ވެއެވެ. 

ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަ ފޭދޫ ޓީމުގެ ޖާޒީ ނަމްބަރު 7 ޝައުފާ އާދަމް އެވެ. 

އެއްދުވަހުގެ ރެސްޓަކަށްފަހު މިމުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް މާދަމާ ފެށޭނެއެވެ. އެގޮތުން މާދަމާ، 19 ޖުލައި ދުވަހުގެ ހަވީރު ބައްދަލު ކުރާނީ ޕޫލް ބުރުގެ 3 ވަނަ ޓީމުގެ ގޮތުގައި ހޮވިފައިވާ، ފްރެންޑްސް ކްލަބު ފުނާޑާއި ރޭގެ މެޗުން މޮޅުވެ 4 ވަނައަށް ދިޔަ ދަ ފޭދޫ ސްޕޯރޓްސް ގެ ޓީމެއެވެ. މާދަމާ ރޭ 8:30 ގައި ބައްދަލު ކުރާނީ ޕޫލް ބުރުގެ 1 ވަނަ މިސްކިތްމަގު އ.ގ ޓީމާއި އާއި 2 ވަނަ ޓީމު ޕޮލިސް ކްލަބުގެ މެޗެވެ. 3 ވަނަ ސެމީ ފައިނަލުގައި 20 ޖުލައިގެ ރޭގަނޑު ކުޅޭވޭނީ ސެމީ ފުރަތަމަ މެޗު ކާމިޔާބުކުރާ ޓީމާކާއި 2 ވަނަ މެޗުން ބަލިވާ ޓީމެކެވެ.

މިމުބާރާތް އިންތިޒާމުކުރުމުގައި ފުވައްމުލައް ސިޓީ ކައުންސިލާއި، ޔޫތު ސެންޓަރު، އެމްއާރުޑީސީ ފުވައްމުލަކު ބްރާންޗު އަދި ފުވައްމުލަކު ފުލުހުންގެ ފަރާތުން ވަރަށް އެކަށީގެންވާ އެއްބާރުލުމެއް ލިބިގެންދިޔަކަން މުބާރާތުގެ އިންތިޒާމުތައް ކުރިޔަށް ގެންދިއުމުގެއި ވޮލީބޯޅަ އެސޯސިއޭޝަނުން އިސްކޮށް ހަރާކާތްތެރިވި އިސްމާއިލް ޒިދާއު (ޗިޗޫ) ފާހަގަ ކުރެއްވިއެވެ. 

މިކަލް ނޫހަށް މައުލޫމާތު ދެއްވަމުން ޗިޗޫ ފާހަގަކުރެއްވީ މުބާރާތުގެ ބެލުންތެރިންގެ ފަރާތުން ވެސް ވަރަށް ރަނގަޅު ތަރުޙީބެއް ލިބިގެން ދިޔަކަމަށެވެ. ނަމަވެސް މިފަދަ މުބާރާތެއް ފުވައްމުލަކުގައި ބޭއްވިގެން ދިޔައިރު ފުވައްމުލަކުން އައު ކުޅުންތެރިން ނެރުމަށް ހުޅުވިގެން ދިޔަ ފުރުސަތު އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރެވިފައި ވެޔެކޭ ނުދެންނެވޭނެ ކަމަށް ޗިޗޫ ފާހަގަ ކުރެއްވިއެވެ. 

ޗިޗޫ އެފާހަގަ ކުރައްވަނީ ފުވައްމުލަކުން މިފަހަރު ބައިވެރިވި ޓީމުތައް ނިސްބަތުން އެހެން މުބާރާތްތަކާ އަޅާބަލާއިރު މަދުކަމަށް ވުމާއި ފުވައްމުލަކުގެ އައު ކުޅުންތެރިން މި މުބާރާތުން ފެނިގެން ދިޔަލެއް މަދުކަމަށް ވުން އެކަށީގެން ވެއެވެ.

މިއީ ވޮލީބޯޅް އެސޯސިއޭޝަން ކަޕް އަންހެން ޑިވިޜަން މުބާރާތް މާލެއިން ބޭރުގައި ބޭއްވޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ގައުމީ ވޮލީ ބޯޅަ މުބާރާތް ވެސް މާލެއިން ބޭރުން އެންމެ ފުރަތަމަ ބޭއްވިފައި ވަނީ ފުވައްމުލަކުގައެވެ. އެއީ 2003 ވަނަ އަހަރުއެވެ. އެފަހަރު ފުވައްމުލަކުން ގިނަ ޓީމުތަކެއް ބައިވެރިވިއެވެ.  

މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ 22 ޖުލައި ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު އެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !