20 އޮކްޓޫބަރ 2017 (ހުކުރު)


ވޮލީބޯޅަ މުބާރާތުގެ ފައިނަލަށް މިސްކިތްމަގު ޓީމު ދަތުރުކޮށްފި

މެޗުގެ މޮޅު ކުޅުންތެރެޔާއަށް އިނާމު ހަވާލުކޮށްދެއްވީ ފުވައްމުލައް ސިޓީ ކައުންސިލް މެންބަރު ހަމަދު އަބްދުﷲ އެވެ. ފޮޓޯ: ވީއޭއެމް

މެޗުގެ މޮޅު ކުޅުންތެރެޔާއަށް އިނާމު ހަވާލުކޮށްދެއްވީ ފުވައްމުލައް ސިޓީ ކައުންސިލް މެންބަރު ހަމަދު އަބްދުﷲ އެވެ. ފޮޓޯ: ވީއޭއެމް

މިހާރު ފުވައްމުލައް ސިޓީގައި ކުރިޔަށްދާ ވީއޭއެމް އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ މިސްކިތްމަގު އެންމެންގެ ގުޅުން ޓީމުން ހޯދައިފިއެވެ. ރޭ ކުޅެވުނު ސެމީ ފައިނަލް 2 ވަނަ މެޗުގައި މިސްކިތްމަގު އ.ގ. ޓީމުން ކުރި ހޯދީ 3-1 ނެވެ. މިސްކިތްމަގު އ.ގ. ޓީމުން ރޭ މެޗުގައި ޕޮލިސް ކްލަބްގެ މައްޗަށް ސެޓްތައް ގެންގޮސްފައި ވަނީ 22-25، 23-25، 25-18 އަދި 20-25 ން ނެވެ.

މިސްކިތްމަގު އ.ގ. ޓީމުން ވަނީ މުބާރާތުގެ ޕޫލް ބުރުގައި ވެސް ޕޮލިސް ކްލަބް ބަލިކޮށްފައެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވޮފައި ވަނީ މިސްކިތްމަގު އ.ގ އާމިނަތު އަރީޝާއެވެ.

މިމެޗުން ބަލިވި ނަމަވެސް ފައިނަލަށް ދިއުމުގެ ޖާގަ ޕޮލިސް ކްލަބަށް އަދި ނުގެއްލެވެ. މިރޭ ކުޅެވޭ ސެމީ ފައިނަލް 3 ވަނަ މެޗުން މޮޅުވެގެން ފައިނަލަށް ދިއުމުގެ ފުރުސަތު ޕޮލިސް ކްލަބަށް ވަރަށް ފަހި ކަމަށް ބެލެވެއެވެ. މިރޭ ކުޅޭވޭ 3 ވަނަ ފައިނަލް މެޗުގައި ޕޮލިސް ކްލަބު ބައްދަލުކުރާނީ ސެމީ ފައިނަލް ފުރަތަމަ މެޗުން މޮޅުވި ފްރެންޑްސް ކްލަބު ފުނާޑުގެ ޓީމާއެވެ.

އިއްޔެ ހަވީރު ކުޅެވުނު ސެމީ ފައިނަލް ފުރަތަމަ މެޗު ފްރެންޑްސް ކްލަބު ފުނާޑުން ކާމިޔާބުކުރީ ދަ ފޭދު ސްޕޯރޓްސް ގެމައްޗަށް ސީދާ 3-0 ން މޮޅުވެގެންނެވެ. މިމެޗުގެ ސެޓްތައް ފުނާޑު ޓީމުން ގެންގޮސްފައި ވަނީ 25-11، 25-12 އަދި 25-20 އިްނނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ފްރެންޑްސް ކްލަބް ފުނާޑް ގެ ޖާރޒީ ނަމްބަރު 11 އާއިޝަތު ޝައްފާ އެވެ. 

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!