A wide advertisement which will be shown on all devices. (700 x 100)

ފުނާޑު ޓީމު ބަލިކޮށް ޕޮލިސް ކްލަބް ފައިނަލަށް

ތިންވަނަ މަގާމަށް ހޮވުނު ފްރެންޑްސް ކްލަބު ފުނާޑުގެ ޓީމު މެޑެލްއާއިއެކު

ފުވައްމުލަކު ސިޓީގައި ކުރިޔަށްދާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 26ވަނަ ވޮލީބޯލް އެސޯސިއޭޝަން ކަޕް ފައިނަލަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕޮލިސް ކްލަބު ދަތުރުކޮށްފިއެވެ. ޕޮލިސް ކްލަބު ފައިނަލަށް ދަތުރުކުރާ މިމުބާރާތުގެ ސެމީ ފައިނަލްގެ ތިންވަނަ މެޗުގައި ފްރެންޑްސް ކްލަބު ފުނާޑާއި ވާދަކޮށް 3-1 ސެޓުން މޮޅުވެގެނެވެ. ފުނާޑު ޓީމުން ފުރަތަމަ ސެޓް ގެންގޮސްފައިވަަނިކޮށް ފަހަތުން އަރާ އަނެއް ތިން ސެޓް ޕޮލިސް ޓީމު ކާމިޔާބު ކުރިއެވެ. ރޭގެ ކުޅެވުނު ސެމީ ފައިނަލްގެ ތިންވަނަ މެޗުގެ ސެޓްތައް ނިމިފައިވަނީ 25-20، 13-25، 13-25، 15-25 އިންނެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ ޖާޒީ ނަމްބަރު 2 މަރިޔަމް އަޒީފާއެވެ. ރޭގެ މެޗުން ފުނާޑު ޓީމު ބަލިވިނަމަވެސް އެޓީމުވަނީ މުބާރާތުގެ 3 ވަނަ މަގާމު ލިބިފައެވެ. އެއީ ފުރަތަމަ ސެމީ ފައިނަލްގައި ދަ ފޭދު ސްޕޯރޓްސް ގެ މައްޗަށް ލިބުނު ކާމިޔާބީއާއިއެކުގައެވެ.  ރޭގެ މެޗަށްފަހު ފުނާޑު ޓީމަށް ވަނީ ލޯމެޑަލް ހަވާލުކޮށްދީފައެވެ.

މިސްކިތްމަގު އެންމެންގެ ގުޅުމާއި ޕޮލިސް ކުލަބު ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މާދަމާރޭ 8:30 ގައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !