20 އޮކްޓޫބަރ 2017 (ހުކުރު)


ސިޓީ ކައުންސިލްގެ ކުޅިވަރު ކަލަންޑަރުގައި މިއަހަރު ފަސް މުބާރާތް

ފުވައްމުލަކުގައި ބޭއްވި ވޮލީ މުބާރާތެއްގެ މެޗެއްގެ ތެރެއިން. ފޮޓޯ: ވީއޭއެމް

ފުވައްމުލަކުގައި ބޭއްވި ވޮލީ މުބާރާތެއްގެ މެޗެއްގެ ތެރެއިން. ފޮޓޯ: ވީއޭއެމް

ފުވައްމުލަކު ސިޓީ ކައުންސިލުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރު މުބާރާތްތައް އާންމުކޮށްފިއެވެ.

ސިޓީ ކައުންސިލުން އާންމުކުރި ކުޅިވަރު ކަލަންޑަރުގައި މިއަހަރު ފަސް މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮފީސްތަކުގެ ބެޑް މިންޓަން މުބާރާތެވެ. މިމުބާރާތް އޮންނާނީ 15 ސެޕްޓެމްބަރ ގައެވެ. އަދި އޮކްޓޯބަރ 3 ގައި ވެޓެރެންސް ފުޓްސެލް މުބާރާތެއް އޮފީސް ތަކަށާއި އަވަށްތަކަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އޮކްޓޯބަރ 18 ގައިވެސް ފުޓްސަލް މުބާރާތެއް އަންހެން އަދި ފިރިހެން ޑިވިޟަނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މިމުބާރާތް ވެސް އަމާޒުކޮށްފައިވަނީ އޮފީސް ތަކަށާއި އަވަށް ތަކަށެވެ.

ވޭތުވެދިޔަ ދެ އަހަރުވެސް އެންމެ ފޯރި ގަދަކޮށް ބޭއްވި ވޮލީ ބޯޅަ މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖައްސާފައިވަނީ ނޮވެމްބަރ 8 ވަނަ ދުވަހުއެވެ. މިމުބާރާތް މިދިޔަ ދެ އައަރުވެސް ބޭއްވި ގޮތަށް އަމާޒުކޮށްފައިވަނީ އަންހެން އަދި ފިރިހެން ޑިވިޟަން އެވެ. އެންމެ ފަހު މުބާރާތެއްގައި ގޮތުގައި 13 ޑިސެމްބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވަނީ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތެކެވެ.

މިދިޔަ ދެ އަހަރު ބާއްވާފައިވަނީ ސުކޫލް ކުދިންގެ މުބާރާތްތައް މިއަހަރުގެ ކަލަންޑަރުގައި ހިމަނާފައެއް ނުވެއެވެ. 

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!