A wide advertisement which will be shown on all devices. (700 x 100)

ފޯރިގަދަވެ ފަހު ބޯޅައިން ނަތީޖާ ނެރެން ޖެހުނު ދެ މެޗު

ކްރިކެޓް މުބާރާތުގެ ތެރެއިން: ފޮޓޯ: ކްރިކެޓް ފުވައްމުލައް

މިހާރު ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމްގައި ކުރިޔަށްދާ ފުވައްމުލަކު ސްކޫލްތަކުގެ ފިރިހެން ކުދިންގެ ކްރިކެޓް މުބާރާތުގެ ފާއިތިވި ބުދަ ދުވަހުގެ ދެމެޗު ވެސް ވެގެން ދިޔައީ ފޯރިގަދަ ދެމެޗަށެވެ. މިދެމެޗުގެ ވެސް ނަތީޖާއަށް ޖެހުނީ ފަހުބޯޅައަށް އިންތިޒާރު ކުރާށެވެ. ފުރަތަމަ މެޗު ހޭޒް އޭ ޓީމާއި ހޭޒްގެ ބީ ޓީމު ބައްދަލު ކުރި މެޗުގައި އޭ ޓީމު މޮޅުވީ ފަހު އޯވަރުގެ ފަހު ބޯޅާގައި 5 ވިކެޓުން ނެވެ. ދެވަނަ މެޗު އެމްޖޭއެމް ސީ ޓީމާއި އެފްއެސް ޓީމުގެ މެޗު އެއްވަރު ވީ ވެސް ފަހު އޯވަރުގެ ފަހު ބޯޅައިން 87 ލަނޑުންނެވެ.

ބުދަދުވަގެ ފުރަތަމަ މެޗުގައި ހޭޒް ސީ ޓީމުން ފުރަތަމަ ބެޓް ކުރަން ނިކުމެ ކުޑަ ހުއްޓުމަކަށްފަހު ލަނޑު ހަދަން ފެށިއެވެ. އެގޮތުން އެޓީމުން 7 އޯވަރުގައި 103 ލަނޑު ހެދިއެވެ. އެންމެ ރަގަނޅަށް ބެޓް ކުރީ އެޓީމުގެ 23 ލަނޑު ހެދި ޝަޖަން އާއި ހުބައިބުގެ 14 ލަނޑުން ނެވެ. ޖަވާބުގައި ހޭޒްގެ ސީ ޓީމު ކުޅުން ފެށީ ވަރަށް ކާމިޔާބުކޮށެވެ. އެކަމަކު އިނިންސްގެ މެދުތެރެއިން އެޓީމުގެ ލަނޑު ހެދުމުގެ ސްޕީޑު ދަށްވެގެން ދިޔަކަން ފާހަގަ ކުރެވުނެވެ. ނަމަވެސް އިނިންސްގެ ފަހުކޮޅު އަލުން ކުޅުން ރަނގަޅުކޮށް 104 ލަނޑު ހަމަކޮށް މޮޅުވީ ފަހު އޯވަރުގެ ފަހު ބޯޅައިންނެވެ. އެޓީމުގެ ޒާދު 18 ލަނޑު، އިޝާން 13 ލަނޑު އަދި އަޒޫޒު 12 ލަނޑު ހެދިއެވެ.

ބުދަ ދުވަހުގެ ދެވަނަ މެޗުގައި އެފްއެސް ޓީމާއި އެމްޖޭއެމް ސީ ޓީމުގެ މެޗު 87 ލަނޑުން އެއްވަރުވީ ވެސް ފަހު އޯވަރުގެ ފަހު ބޯޅައިންނެވެ. ފުރަތަމަ އެފްއެސްއިން ބެޓް ކުރަން ނިކުމެ 15 އޯވަރުން 87 ހަމަކުރީ އެ ޓީމުގެ އައިހަމްގެ 18 ލަނޑާއި 16 ލަނޑު ހެދިއެވެ. މިމެޗުގައި ވެސް އެމްޖޭއެމްގެ ހައިޝަމް ވަނީ 7 ލަނޑަށް 3 ވިކެޓް ނަގާފައެވެ. އެމްޖޭއެމްގެ ސީ ޓީމުގެ ކެޕްޓަން އައިހަމް އަފީފު 28 ލަނޑު ހަދައި މޮޅުވުމުގެ ފުރުސަތު ބޮޑުކޮށްދިނެވެ. އެކަމަކު ފަހު އޯވަރުގައި ކުޅެން ނިކުމެ ތިބި އައިހަމް އާއި މާނިއުއަށް ފަހު ބޯޅަ އިން 2 ލަނޑު ހަދައިގެން މޮޅުވާން ލިބުނު ފުރުސަތުގައި 1 ލަނޑު ހަދައިގެން މެޗު އެއްވަރު ވީއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !