20 އޮކްޓޫބަރ 2017 (ހުކުރު)


އައިބޭ ޕޮލިސް ކަޕު ވޮލީބޯޅަ މުބާރާތުގެ ކުޅުން ނިންމާލައިފި

އައިބޭ ޕޮލިސް ކަޕު ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން މިސްކިތްމަގު އެންމެގެ ގުޅުމަށް

އައިބޭ ޕޮލިސް ކަޕު ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން މިސްކިތްމަގު އެންމެގެ ގުޅުމަށް

ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “އައިބޭ ޕޮލިސް ކަޕު ވޮލީބޯޅަ މުބާރާތުގެ” ކުޅުން ރޭ ނިންމާލައިފިއެވެ. މިމުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ "ފަރިކަމަނާ" ޓީމެ އެވެ. ފައިނަލް މެޗް ފަރިކަމަނާ ކާމިޔާބުކުރީ ސީދާ 3-0 ސެޓުންނެވެ. އަންހެން ބައިގެ ޗެމްޕިއަންކަން މިސްކިތްމަގު އެންމެގެ ގުޅުމަށް ލިބުނީ ފުނާޑު ޓީމު ގެ މައްޗަށް އުނދަގޫ މޮޅަކަށް ފަހު 3-2 ސްޓުންނެވެ.

ފިރިހެން ބައިގެ ރަނަރަޕަކީ "އެމީހުން ޓީމު" އެވެ. އެމީހުން ޓީމުގެ މައްޗަށް ފަރިކަމަނާ ގެ ޓީމުން ފުރަތަމަ ސެޓް ހޯދީ 25-22 ން ނެވެ. 27-25، ން ދެވަނަ ސްޓް ހޯދިއިރު 3 ވަނަ ސެޓް ކާމިޔާބުކުރީ 27-25 ނެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރި އަކަށް ހޮވިފައި ވަނީ ފަރިކަމަނާ ޓީމުގެެ ޖާރޒީ ނަމްބަރ 05 މުހައްމަދު އަހުމަދެވެ.

ރޭކުޅެވުނު އަންހެން ބައިގެ ފައިނަލް މެޗުގެ ފުރަތަމަ ސެޓް މިސްކިތްމަގު އެންމެންގެ ގުޅުމުން 26-24 ހޯދި ނަމަވެސް ދެވަނަ ސެޓް 25-12، އަދި 3ވަނަ ސެޓް 25-17 ހޯދީ ފްރެންޑްސް ކްލަބް ފުނާޑުގެ ޓީެމެވެ. ނަމަވެސް އައު ހިތްވަރަކާއެކު ކުޅެ ނިކުމެ މިސްކިތްމަގު އ.ގ. ޓީމުން 4 ވަނަ ސެޓު 26-24 ގެންގޮސް މެޗު ޓައި ބްރޭކަށް ވައްޓާލިއެވެ. އަދި ފަހު ސެޓް 15-10 ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދިއެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރި އަކަށް ހޮވިފައި ވަނީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޖ. 11 ޚަދީޖާ މުހައްމަދެވެ.

އަންހެނުންގެ ބައިގެ ރަނާރއަޕް ޓީމަކީ “ފުރައިންޑުސް ކުލަބު ފުނާޑުގެ” ޓީމެވެ. އަދި 03 ވަނަ ޓީމަކީ “ދަޑިމަގު ރަނިން”ޓީމެވެ.

މުބާރާތުގެ ފިރިހެން ބައިގައި 04 ޓީމް ވާދަކުރިއެވެ އެއީ “ނަގަނަމަގު” “ފަރިކަމަނާ” “ހޯދަޑު ޔޫތުސް” އަދި “އެމީހުން” ޓީމެވެ.

މުބާރާތުގެ ވަނަތައް (ފިރިހެން ބައި)

މުބާރާތުގެ އެންމެމޮޅު އައުޓުސައިޑަރ އެޓޭކަރ - ފަރިކަމަނާ ޓީމުގެެ ޖ.05 މުހައްމަދު އަހުމަދު.

މުބާރާތުގެ ދެވަނަ އައުޓުސައިޑަރ އެޓޭކަރ - އެމީހުންޓީމުގެ ޖ. 02 މުހައްމދު ބައްސާ

މުބާރާތުގެ ތިންވަނަ އައުޓުސައިޑަރ އެޓޭކަރ - ފަރިކަމަނާގެ ޖ. 01 އަހުމަދު ސަބާހެވެ.

ބެސްޓް މިޑުލް ޕުލެޔަރ - ނަގަނަމަގުގެ ޖ. 02 އިބުރާހިމް ހާނީ އަހުމަދު

ބެސްޓް ސެޓަރ - އެމީހުން ޓީމުގެ ޖ. 09 ހުސެއިން ރަޝީދު މުހައްމަދު

ބެސްޓް ލިބަރޯ - އެމީހުންޓީމުގެ ޖ. 07 މުހައްމަދު އަހުމަދު

18 އަހަރުން ދަށުގެ އެންމެމޮޅު ކުންޅުންތެރިޔާ - ނަގަނަމަގު ޓީމުގެ ޖ. 04

މުޅި މުބާރާތުގެ ހުރިހާގޮތަކުން އެންމެމޮޅު ކުންޅުންތެރިޔާ- އެމީހުން ޓީމުގެ ޖ.02 މުހައްމަދު ބައްސާމް އަހުމަދު.

މުބާރާތުގެ ވަނަތައް (އަންހެން ބައި)

މުބާރާތުގެ އެންމެ މޮޅު އައުޓުސައިޑަރ އެޓޭކަރ - ފ.ކ. ފުނާޑުގެ ޖާރޒީ 13 އާމިނަތު އަޒީމާ

މުބާރާތުގެ ދެވަނަ އައުޓުސައިޑަރ އެޓޭކަރ - މިސްކިތްމަގުގެ އ.ގ. ޖާރޒީ 07 ފާތިމަތު ޖުމާ ޝަޖުމީ

ބެސްޓް މިޑުލް ޕުލެޔަރ - މިސްކިތްމަގު އ.ގ. ޖާރޒީ 12 އައިޝަތު ޒުބީނާ

ދެވަނަ ބެސްޓް މިޑުލް ޕުލެޔަރ - މިސްކިތްމަގު އ.ގ ޖާރޒީ 11 ޚަދީޖާ މުހައްމަދަށް

ބެސްޓް ސެޓަރ - ފ.ކ.ފުނާޑު - ޖާރޒީ 02 މަރިޔަމް ސަމާ

ބެސްޓް ލިބަރޯ - މިސްކިތްމަގު އ.ގ ޖާރޒީ 03 ނަވާ އިބުރާހިމް

18 އަހަރުން ދަށުގެ އެންމެމޮޅު ކުންޅުންތެރިޔާ - މިސްކިތްމަގު އ.ގ ޖާރޒީ 07 ފާތިމަތު ޖުމާ ޝަޖުމީ

މުޅި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެމޮޅު ކުންޅުންތެރިޔާ- ފ.ކ. ފުނާޑުގެ ޖާރޒީ 13 އާމިނަތު އަޒީމާ

އަންހެން ބައިގެ ބެސްޓް ކޯޗް - މިސްކިތްމަގު އ.ގ ކޯޗް އިބުރާހިމް މުސްތަފާ(ޖޯ)

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!