A wide advertisement which will be shown on all devices. (700 x 100)

އެތުލެޓިކްސް މުބާރާާތުގެ 15 (ފ)އަދި 17 (އ. ފ) އަހަރުން ދަށުގެ ޗެމްޕިއަންކަން ޏ.އޭއީސީ އަށް

އެތުލެޓިކްސް މުބާރާތުގައި ބައިވެރިވި ޏ.އޭއީސީ ގެ ޓީމު. ފޮޓޯ: ނާދިޔާ

މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް އިއްޔެ ހަވީރު ނިންމާލި އިރު ޏ. އޭއީސިން ވަނީ މުބާރާތުގައި މުހިންމު ގިނަ ވަނަ ތަކެއް ޙާސިލުކޮށްފައެވެ. މިމުބާރާތުގައި ޏ.އޭއީސީ އިން ވަނީ 3 ކެޓެގަރީއަކުން ޗެމްޕިއަންކަން ހޯދާފައެވެ. މީގެ އިތުރުން ދެ ކެޓަގެރީއަކުން އެންމެ މޮޅު އެތުލީޓުގެ މަގާމާއި ދެ އިވެންޓަކުން މުބާރާތުގެ ރެކޯޑް ހަދާފައިވެއެވެ.

ޏ.އޭއީސީއިން ޗެމްޕިއަންކަން ހޯދާފައި ވަނީ 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައި، އަދި 17 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންގެ ބައިންނެވެ.

މުބާރާތުގެ އެންމެ މަތީ އުމުރުފުރާ ކަމަށްވާ 19 އަހަރުން ދަށުގެ ފިރިހެން ކުރިންގެ ބައިން ޏ.އޭއީސީގެ އިބްރާހިމް ޝަހީރު ވަނީ އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދާފައެވެ. އަދި 17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ޏ.އޭއީސީގެ ފާތިމަތު މަހާ ނަސީރު ވަނީ އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދާފައެވެ.

ޏ. އޭއީސީ މިފަހަރު ގެ މުބާރތުގެ ރެކޯޑު މުގުރާލާފައި ވަނީ 17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ 5000 މީޓަރު ދިގު ދުވުމުން ނާއި 17 އަހަރުން ދަށުގެ 4*400 މީޓަރު ފިރިހެން ކުދިންގެ ރިލޭއިން ނެވެ. 5000 މީޓަރު ދިގު ދުވުމުގެ އައު ރެކޯޑު ހަދާފައިވަނީ ޏ.އޭއީސީގެ ރަވާޙު މުހައްމަދެވެ. އަދި 4*400 މިޓަރު ރިލޭގެ ރެކޯޑު ގާއިމުކުރި ޓީމުގައި ހިމެނެނީ ޏ.އޭއީސީގެ މުޙައްމަދު ޝަޒީން އާއި، އަލީ ޖަޒީލް، މުއީދު އަބްދުﷲ އަދި ރަވާޙު މުޙައްމަދެވެ.

މި މުބާރާތުގައި ޏ.އޭއީސީން ވަނީ ޖުމްލަ 61 މެޑަލް ހާސިލުކޮށްފައެވެ. އެއީ ޖުމްލަ 29 ރަން މެޑެލާއި، 20 ސިލްވަރ މެޑެލް އަދި 12 ބްރޯންޒް މެޑެލް އެވެ.

މީގެ އިތުރުން ފުވައްމުލަކު އެހެން ސުކޫލް ތަކުންވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވެއެވެ. ފުވައްމުލަކު ސުކޫލްތަކުން އަބަދުވެސް އިންޓަރސުކޫލް އެތްލެޓިކްސް މުބާރާތްތަކުން ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންދާކަން ފާހަނގަ ކުރެވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !