A wide advertisement which will be shown on all devices. (700 x 100)

މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ 2017 ފުވައްމުލަކުގައި ފެށިގެން ކުރިޔަށް ދަނީ

މިއަދު ހެނދުނު ފުވައްމުލަކުގައި ފެށި މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ 2017 ކުޅުން ކުރިޔަށް ދަނީ. ފޮޓޯ: އިބްރާހިމް ސައީދު

މިއަދު ހެނދުނުން ފެށިގެން ފުވައްމުމުލަކު ރަސްމީ ބޯޅަ ދަނޑުގައި މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ ފެށިގެން ކުރިޔަށް އެބަދެއެވެ. ފުވައްމުލަކުގެ ޕްރައިމަރީ އަދި ޕްރީ ސްކޫލްތަކުން ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވާ މި ފިއެސްޓާގައި މިފަހަރު އަންހެން އަދި ފިރިހެން ކުދިންގެ ޓީމުތައް ވެސް ބައިވެރިވެފައި ވެއެވެ.

މިފަހަރުގެ ފިއެސްޓާގައި ފުވައްމުލަކުގެ 3 ޕްރައިމަރީ ސްކޫލް ކަމަށްވާ އެމްޖޭއެމް، ހޭޒް އަދި އެފްއެސް ގެ އިތުރުން އައިޑިއަލް ސްކޫލާއި ކެންގަރޫ ކިޑްސް ވެސް ބައިވެރިވެއެވެ. ކުޑަކުދިންގެ ފުޓުބޯޅައިގެ މި ފިއެސްޓާގެ ކުޅުން ނިންމުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ހަވީރުއެވެ.

ޕްރީސްކޫލް ކެޓަގެރީގެ އިތުރުން މިފިއެސްޓާގައި ބައިވެރި ކުރަނީ ގްރޭޑް 1، 2 އަދި 3 ގެ އަންހެން އަދި ފިރިހެން ދަރިވަރުންނެވެ. ޕްރީ ސްކޫލުން ބައިވެރިކުރަނީ ހަމައެކަނި ފިރިހެން ދަރިވަރުންނެވެ. ޕްރީ ސްކޫލުގެ ބައިން 2 ޓީމު އަދި ކޮންމެ ސްކޫލެއްގެ ގްރޭޑް 1، 2، އަދި 3، ކޮންމެ ގްރޭޑަކުން އަންހެން ޓީމަކާއި ފިރިހެން ޓީމެއް ބައިވެރި ކުރެއެވެ.

ބެލެނިވެރިންނާއި ސްކޫލްތަކުން މިފަދަ ފިއެސްޓާތަކުގެ އަސްލު މަގުސަދު އޮޅުވާނުލުމަކީ މުހިންމު ކަމެކެވެ. އެހެނީ މިފަދަ ފިއެސްޓާ ތަކަކީ ވާދަވެރި ކުޅިވަރު މުބާރާތްތަކެއް ނޫނެވެ. ގިނަ އަދަދެއްގެ ކުދިންނަށް އުފަލާއި މަޖަލުގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކުރިޔަށް ގެންދެވެ ހަރަކާތްތަކެކެވެ.

މުބާރާތްތަކެއްގެ ގޮތަށް ކުލުން ކުރިޔަށް ދިޔަ ކަމުގައި ވިޔަސް އަސްލު މަގުސަދު ހާސިލުކުރުމަށް ޓީމުތަކުގެ ހުރިހާ ކުދިންނަށް ވެސް ކުޅުމުގެ ފުރުސަތު ދިނުމަށް އިސްކަން ދިނުން މުހިންމެވެ.

މޯލްޑިވްސް ސޮކަރ ވެޓަރަން އިން އިންތިޒާމުކޮށްގެން ބާއްވާ ކުދަކުދިންގެ ފުޓުބޯޅައިގެ މި އީދަކީ ގިނަ އަދަދެއްގެ ދަރިވަރުން އިންތަޒާރުކުރަމުން އަންނަ ކުޅިވަރުގެ ޢީދެކެވެ. 2015 ވަނަ އަހަރުން ފެށިެގްނ ފުވައްމުލަކާއި މާލޭގެ އިތުރުން ރާއްޖޭގެ ބޮޑެތި ރަށްތަކުގައި ކުރިޔަށް ގެންދާ މިފިއެސްޓާއަށް އާއްމުންނާއި ބެލެނިވެރިންގެ ވެސް ބޮޑު ތަރުޙީބެއް ލިބެއެވެ.

މިފިއެސްޓަރ އަށް ފުވައްމުލަކުގެ ކުދަކުދިން ވަރަށް ބޮޑު އުއްމީދެއް ކޮންމެ އަހަރަކު ވެސް ކުރެއެވެ. އަދި މިހަރަކާތަށް ފުވައްމުލަކުގެ ހުރިހާފަރާތްތަކުން ވެސް ވަރަށް ފުރިހަމަ އެއްބާރުލުމެއް ދެއެވެ. އެއިގެ ނަތީޖާއެއްގެ ގޮތުން މޯލްޑިވްސް ސޮކަރ ވެޓަރަންސް އިން ވެސް ވަނީ އެމީހުންގެ މިހަރަކާތް ފެށި ފަހުން ކޮންމެ އަހަރަކު ވެސް ފުވައްމުލަކުގައި މިހަރަކާތް ކުރިޔަށް ގެންދެއެވެ.

ގުޅޭ ލިޔުން: 

ކިޑުސް ފުޓްބޯލް ފިއެސްޓަރ 2015 – ފައިނަލް މިއަދު ހަވީރު 1600 ގައި ފެށޭނެ

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !