A wide advertisement which will be shown on all devices. (700 x 100)

މިއަދުގެ މޮޅާއެކު މާލެގަމު ޓީމާއި ދަޑިމަގު ޒ.ޖ ގެ ޓީމަށް ސެމީ ފައިނަލަށް

މިއަދު ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާ މާލެގަމު ޔ.ފ. ޓީމުގެ ޖާރޒީ ނަމްބަރު 11 އިބްރާހިމަ މަމްދޫހު. ފޮޓޯ: ބުޗާ ކަޕް

ފުވައްމުލަކު ސްޓޭޑިއަމްގައި މިހާރު ކުރިޔަށްދާ ބުޗާ ކަޕްގެ 6 ވަނަ މެޗުގައި މިއަދު ހަވީރު ކުޅުނު ގްރޫ ބީގެ މެޗު ވެށިނަލަ ޖަމްއިއްޔާ (ހޯދަޑު 2 ވަނަ ޓީމު) އާއި މާލެގަމު މާލެގަމު ޔޫތު ފައުންޑޭޝަން ބައްދަލުކުރި މެޗު 0-3 ލަނޑުން ކާމިޔާބުކުރީ މާލެގަމު ޓީމެވެ. މި މޮޅާއެކު ބީ ގްރޫޕުން މާލެގަމު ޓީމާއި ދަޑިމަގު ޒ.ޖ ގެ ޓީމަށް ވަނީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުވެފައެވެ.

ގްރޫޕް ބީ ގައި ހިމެނެނީ 3 ޓީމު ކަމަށް ވުމާއެކު މިގްރޫޕުްގަިއ ހިމެނޭ ހޯދަޑު ވެށިނަލަ ޖަމްއިއްޔާއަށް މި ހިސާބުން ޖެހެނީ މުބާރާތް ނިންމާލާށެވެ.  އެޓީމު ކުޅުނު 2 މެޗުން ވެސް ބަލިވެ ބައިކޮޅަށް 10 ގޯލު ވަދެފައިވާ އިރު އެއްމެ ގޯލެއް ވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކީ މާލެގަމު ޔ.ފ. ޓީމުގެ ޖާރޒީ ނަމްބަރު 11 އިބްރާހިމަ މަމްދޫހެވެ.

އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ފައިސާގެ އިނާމު އަންނަ އަހަރު އިތުރަށް ބޮޑުކުރާނެ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. އެވެ. މިމުބާރާތުގެ ފައިނަލް އޮންނާނީ އަންނަ އޮކްޓޯބަރު މަހު 8 ވަނަ ދުވަހުއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !