A wide advertisement which will be shown on all devices. (700 x 100)

މިފަހަރުގެ މައިލޯ ކިޑްސް ފުޓުބޯޅަ ފިއެސްޓާގެ އެންމެ ކާމީޔާބީ ހޭޒްގެ ޓީމު، ދެން އެމްޖޭއެސް

ހާފިޒް އަޙުމަދު ސްކޫލުގެ މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ ގެ ޓީމު ކާމިޔާބީއާއެކު.

މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ 2017ގެ ކުޅުން މިއަދު ހަވީރު ނިންމާލައިފިއެވެ. ފުވައްމުލަކު ރަސްމީ ބޯޅަދަނޑުގައި 2 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މިހަރަކާތުގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުން ވެސް ކުޅުމުގެ ފޯރީގައި ބައިވެރިވެފައި ވެއެވެ. ފުވައްމުލަކުގައި ބޭއްވޭ މިހަރަކާތަށް ލިބޭ ބޮޑު ތަރުހީބު މިހަރަކާތް އިންތިޒާމު ކުރާ ފަރާތުން ވެސް ވަރަށް ބޮޑަށް ފާހަގަ ކުރެއެވެ.

ގްރޭޑް 1 ގެ ފިއެސްޓަާ  ފުޓުބޯޅަ ލިީގު

ލީގު އުސޫލުން ކުޅުނު ގްރޭޑް 1 ގެ ބައިން ޗެމްޕިއަންކަން ހޯދީ މުޙައްމަދު ޖަމާލުއްދީނު ސްކޫލް (އެމްޖޭއެސް) އެވެ. މިބައިގެ ރަނަރަޕަކީ ހޭޒް އެވެ. މިބައިގައި ދެން ބައިވެރިވެފައި ވަނީ ފުވައްމުލަކު ސްކޫލުންނެވެ. ކޮންމެ ސްކޫލަކުން ވެސް އަންހެން ޓީމަކާއި ފިރިހެން ޓީމެއް ވާދަކުރި ލީގުގައި އެމްޖޭއެމުން ވަނީ ވަރަށް ފުރިހަމަ ކާމިޔާބީއެއް ހޯދާފައެވެ.

ގްރޭޑް 2 ގެ ފިއެސްޓަާ ފުޓުބޯޅަ ލިީގު  

އަންހެން އަދި ފިރިހެން ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ލީގު ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިޔަށް ގެންދިޔަ ގްރޭޑް 2 ގެ ބައިން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ޗެމްޕިއަންކަން ހޯދީ އެމްޖޭއެސް އެވެ. ރަނަރަޕަކީ ހާފިޒް އަޙުމަދު ސްކޫލެވެ.

ގްރޭޑް 3 ގެ ފިއެސްޓަާ ފުޓުބޯޅަ ލިީގު  

ލީގު އުސޫލަށް ކުޅުނު މިބައިގެ ޗެމްޕިއަންކަން ހޯދީ ހާފިޒު އަޙުމަދު ސްކޫލް (ހޭޒް) އެވެ. މިބައިގެ ރަނަރަޕްކީ އެމްޖޭއެސް އެވެ. ފުވައްމުލަކުގެ ޕްރައިމަރީ އަދި ޕްރީ ސްކޫލްތަކުގެ ދަރިވަރުން މެދުގައި ކުރިޔަށް ގެންދިޔަ ފުޓުބޯޅަ ފިއެސްޓާގައި އަންހެން ކުދިންގެ ޓީމުތައް ބައިވެރިވި މީއީ ފުރަތަމަ ފަހަރެވެ.

ޕްރީ ސްކޫލް ބައިގެ ފުޓުބޯޅަ ފިއެސްޓަާ 

ޕްރީ ސްކޫލް ބައިގައި މިފަހަރު ކުޅުނީ ހަމައެކަނި ފިރިހެން ޓީމުތަކެވެ. މިބައިގައި ފުވައްމުލަކުގެ 3 ޕްރައިމަރީ ސްކޫލު ކަމުގަިއވާ އެމްޖޭއެސް އާއި ހޭޒްއާއި އެފްއެސްގެ އިތުރުން ކެންގަރޫ ކިޑްސް އާއި އައިޑިއަލް ސްކޫލުން ވެސް ބައިވެރިވެފައި ވެއެވެ. 

މިބައިގެ ފައިނަލުގައި ކުޅުނީ ކެންގަރޫ ކިޑްސްގެ ޓީމާއި ހޭޒްގެ ޓީމެވެ. މިމެޗް އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 3-2 ން ކާމިޔާބު ކުރީ ހޭޒްގެ ޓީމެވެ.

މި ފިއެސްޓާ ނިމުމާއެކު ފިއެސްޓާގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް ވަނީ މެޑެލް ދީފައެވެ. މީގެ އިތުރުން ޗެމްޕިއަން ޓީމަށް ޓްރޮފީ ދިނު އޮތެވެ. މިފަދަ ފިއެސްޓާ ތަކުގައި ބައިވެރިވާ ހުރިހާ ކުދިންނަށް މެޑެލް ދިނުމަކީ ބައިނަލް އަގުވާމީ ފުޓުބޯޅަ ތަރައްގީ ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ވެސް އެދޭ ގޮތެވެ. 

މިފަހަރުގެ ފިއެސްޓާގެ އެންމެ ކާމިޔާބު ޓީމަކީ ހޭޒްއެވެ.  އެޓީމަށް ވަނީ 2 ބައިން ޗެމްޕިއަންކނަ ްއަދި ދެ ބައިން ރަނަރަޕް ކަން ލިބިފައެވެ. ދެން އެންމެ ކާމިޔާބީ އެމްޖޭއެސް އެވެ. އެ ސްކޫލަށް ވެސް ވަނީ ދެބައިން ޗެމްޕިއަންކަން ލި އެއްބައި ރަނަރަޕް ކަން ލިބިފައެވެ.

މިއީ ވާދަވެރި ފުޓުބޯޅަ މުބާރާތަކަށް ވުރެ ކުޑަކުދިންގެ މެދުގައި ފުޓުބޯޅައިގެ ރޫޙު ދެމެހެއްޓުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތެކެވެ. އުފަލާއި މަޖަލުގައި ކުޅިވަރުގެ ތެރެއިން ހާސިލުކުރަން އެދޭ އިޖުތިމާޢީ އެކުވެރިކަމާއި ގުޅުން ބަދަހި ކުރުމުގެ ފުރުސަތެކެވެ. 

ކޮންމެ ކުއްޖަކު ވެސް ކުޅެން ބޭނުންވާ މަގާމަކަށް ކުޅުމުގެ ފުރުސަތު މިއުމުރުގައި ދިނުމަށް ފީފާއިން ބާރުއަޅައެވެ. އެކުއްޖަކު ކުޅޭނެ މަގާމު ކަނޑައެޅުން ރަނގަޅީ އުމުރުން 12 އަހަރުން މަތިވުމުން ކަމަށް ފީފާއިން ލަފާދީފައި ވެއެވެ.

ގިނަ އަދދެއްގެ ކުދިންނަށް އުފަލާއި މަޖަލުގައި ފުޓުބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ސޮކަރ ވެޓެރަންސް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަށް ފުވައްމުލަކުގެ ރައްޔިތުން ބަލައިގަންނަނީ ވަރަށް އުފަލާއި ހިތްހަމަޖެހުމާއި އެކު އެފަރާތަށް ޝުކުރުވެރި ވަމުންނެވެ.

އަންނަ އަހަރުގެ ފިއެސްޓާ އަށް ވެސް ފުވައްމުލަކުގެ ގިނަ ކުޑަކުދިން ވަރަށް ބޮޑު އުއްމީދެއް ކުރާކަން ހާމަވިއެވެ. މޯލްޑިވްސް ސޮކަރ ވެޓަރަންސް އިން މިހަރަކާތް ބާއްވަން ފެށި ފަހުން ކޮންމެ ފަހަރަކު ވެސް ފުވައްމުލަކުގައި މިހަރަކާތް އަންނަނީ ބާއްވަމުންނެވެ.

ގުޅޭ ލިޔުން:

މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ 2017 ފުވައްމުލަކުގައި ފެށިގެން ކުރިޔަށް ދަނީ

ކިޑުސް ފުޓްބޯލް ފިއެސްޓަރ 2015 – ފައިނަލް މިއަދު ހަވީރު 1600 ގައި ފެށޭނެ

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !