16 ޖުލައި 2018 (ހޯމަ)


ގްރޫޕް އޭ އިން ދޫނޑިގަމު ޓީމު ސެމީ ފައިނަލަށް

ފުވައްމުލަކު ސްޕޯރޓްސް (ދޫނޑިގަން) ޓީމާއި މިސްކިތްމަގު އ.ގ. މިއަދު ބައްދަލުކުރި މެޗު 2 ލަނޑު 1 ލަނޑުން މޮޅުވެގެން ސެމީ ފައިނަލަށް ދޫނޑިގަން

ފުވައްމުލަކު ސްޕޯރޓްސް (ދޫނޑިގަން) ޓީމާއި މިސްކިތްމަގު އ.ގ. މިއަދު ބައްދަލުކުރި މެޗު 2 ލަނޑު 1 ލަނޑުން މޮޅުވެގެން ސެމީ ފައިނަލަށް ދޫނޑިގަން

މިހާރު ކުރިއަށްދާ ބުޗާ ކަޕްގެ 7 ވަނަ މެޗުގައި މިއަދު ހަވީރު ފުވައްމުލަކު ސްޕޯރޓްސް (ދޫނޑިގަން) ޓީމާއި މިސްކިތްމަގު އެންމެންގެ ގުޅުން ޓީމާއި ބައްދަލުކުރި މެޗު 2 ލަނޑު 1 ލަނޑުން މޮޅުވެގެން ސެމީ ފައިނަލުގެ ޖާގަ ދޫނޑިގަމު ޓީމުން ހޯދައިފިއެވެ. މިސްކިތްމަގު ޓީމުން އެމީހުންގެ މެޗުތައް ނިންމާލި އިރު ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އެންމެ ދެ ގޯލު ޖެހުނު އިރު ބަިއކޮޅަށް 4 ގޯލު ވަދެފައިވެއެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކީ ފުވައމްުލަކު ސްޕޯރޓސް ކްލަބުގެ ޖާޒީ ނަމްބަރު 6 އާރިފު ޢަޙުމަދެވެ. 

ގްރޫޕް އޭ އިން ސެމީ ފައިނަލުގެ ޖާގަ ހޯދުމުގެ ފުރުސަތު ބޮޑަށް އޮތީ ހޯދަޑު (ޕީއާރުއެސް) ޓީމަށެވެ. އެހެނީ އެޓީމަށް މިހާރުވެސް 4 ޕޮއިންޓު ލިބިފައި ވުމެވެ. ގްރޫޕު ސްޓޭޖުން އެޓީމުގެ ފަހު މެޗުގައި ވާދަކުރާނީ ފުވައްމުލަކު ޒުވާނުންގެ ރޫހާއި ދެކޮޅަށެވެ. އެމެޗުން މޮޅުވެގެން ސެމީގެ ޖާގަ ހޯދުމުގެ ފުރުސަތު ފުވައްމުލަކު ޒުވާނުންގެ ރޫޙޫ (ދިގުވާޑު) ޓީމަށް ވެސް އެބައޮތެވެ. އެކަމަކު އެޓީމަށް މިހާރު ލިބިފައި ވާ 1 ޕޮއިންޓަށް ވެފައި ބާކީ އޮތީ ހޯދަޑު ޓީމާއި ދެކޮޅަށް ކުޅޭ މެޗުކަމަށް ވުމުން އެޓީމަށް އޮތް ފުރުސަތު ހަނިކަމަށް ބެލެއެވެ. ހޯދަޑު މެޗުން މޮޅުވެގެން ލިބޭ 3 ޕޮއިންޓާއެކު ވެސް އެޓިމަށް ހޯދޭނީ ޖުމްލަ 4 ޕޮއިންޓެވެ. މިއަދަދަށް ހޯދަޑު ޓީމަށް މިހާރު ވެސް ޕޮއިންޓް ލިބިފައި ވުމާއެކު ސެމީގެ ޖާގައަށް ގޯލުގެ ތަފާތަށް ބަލަން ޖެހޭނެއެވެ. ގްރޫޕުގެ ފަހުމެޗުން ދިގުވާނޑު ޓީމު މޮޅު ވުން ނޫން ކޮންމެ ނަތީޖާއަކީ ހޯދަޑު ޓީމަށް ސެމީގެ ޖާގަ ކަށަވަރުވާނެ ނަތީޖާއެކެވެ.

ވުމާއެކު މިމެޗުގެ ފޯރި ގަދަވާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!