17 އޮކްޓޫބަރ 2017 (އަންގާރަ)


ބުޗާ ކަޕުގެ ފައިނަލަށް ދުނޑިގަމު ޓީމު ދަތުރުކޮށްފި

ސެމީ ފައިނަލް ފުރަތަމަ މެޗު 2 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ދޫނޑިގަން ޓީމު، މެޗުގެ މޮޅު ކުޅުަތެރިޔާ އެޓީމުގެ ޖާރޒީ ނަމްބަރު 11 ތާޙާ އަބްދުﷲ.

ސެމީ ފައިނަލް ފުރަތަމަ މެޗު 2 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ދޫނޑިގަން ޓީމު، މެޗުގެ މޮޅު ކުޅުަތެރިޔާ އެޓީމުގެ ޖާރޒީ ނަމްބަރު 11 ތާޙާ އަބްދުﷲ.

ފުވައްމުލަކު ސްޓޭޑިއަމްގައި މިހާރު ކުރިއަށްދާ ބުޗާ ކަޕް 2017ގެ ފުރަތަމަ ސެމީ ފައިނަލް މެޗު ފުވައްމުލަކު ސްޕޯރޓްސް ކްލަބު (ދޫނޑިގަން ޓީމު) ކާމިޔާބުކޮށް  މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. އިއްޔެ ހަވީރު ކުޅުނު މިމެޗު އެޓީމު ކާމިޔާބުކުރީ 2 ލަނޑު 0 ލަނޑުން މާލެގަމު ޔޫތު ފައުންޑޭޝަން ޓިމު ބަލިކޮށްގެންނެވެ. ގްރޫޕް އޭއިން 1 ވަނަ ޓީމުގެ ގޮތުގައި ދޫނޑިގަން ޓީމު ފައިނަލަށް ދަތުރުކުރީ އެއްވެސް މެޗަކުން ބަލި ނުވެއެވެ.  

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދޫނޑިގަން ޓީމުގެ ޖާރޒީ ނަމްބަރު 11 ތާޙާ އަބްދުﷲ އެވެ.

ހަތް ޓީމު ވާދަކުރި މިމުބާރާތުގައި މިއަދު ކުޅޭ ސެމީ ފައިނަލް 2 ވަނަ މެޗުގައި ބައްދަލު ކުރާނީ ދަޑިމަގު ޒުވާނުންގެ ޖަމްއިއްޔާގެ ޓީމާއި ހޯދަޑު ޕީއާރުއެސް ޓީމެވެ. މިމެޗުން މޮޅުވާ ޓީމަކާއެކު ފައިނަލް މެޗު ކުޅޭނީ މާދަމާ ނޫން އަނެއް ދުވަހު 8 އޮކްޓޯބަރ ގައިއެވެ.

އަންނަ އަހަރު މިމުބާރާތް މުޅި ރާއްޖެއަށް ހުޅުވާލާނެ ކަމަށް މުބާރާތުގެ ފައުންޑަރ ބުޗާ ވަނީ ވިލާ ޓީވީގައި ހާމަކޮށްފައެވެ. މީގެ އިތުރުން މުބާރާތުގެ އަގުވެސް ބޮޑު ވެގެންދާނެ ކަމަށް ހާމަކުރިއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!