17 އޮކްޓޫބަރ 2017 (އަންގާރަ)


ބުޗާކަޕްގެ ފައިނަލުގައި ދަޑިމަގާއި ވާދަކުރާނީ ދޫނޑިގަން ޓީމު

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

ބުޗާ ކަޕް 2017ގެ ފަހު ސެމީ ފައިނަލް މެޗުން ބޮޑު ތަފާތަކުން ހޯދަޑު (ޕީއާރުއެސް) ޓީމު ބަލިކޮށްގެން ދަޑިމަގު ޒުވާނުންގެ ޖަމްއިއްޔާގެ ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިއަދު ހަވީރު ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅުނު މިމެޗު ދަޑިމަގު ޒ.ޖ. ގެ ޓީމު ކާމިޔާބު ކުރީ 4 ލަނޑު 0 ލަނޑުން ނެވެ. ގްރޫޕް ބީ ގެ ދަޑިމަގު ޓީމު ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން %100 ރިކޯޑަކާއެކު އެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދަޑިމަގު ޒ.ޖ ގެ ޓީމުގެ ޖާރޒީ ނަމްބަރު 11 އިބުރާހިމް އަރީޝް އެވެ.

ހަތް ޓީމު ވާދަކުރި މިމުބާރާތުގައި ފައިނަލް މެޗުގައި މާދަމާ ނޫން އަނެއް ދުވަހު ބައްދަލު ކުރާނީ ދަޑިމަގު ޒުވާނުންގެ ޖަމްއިއްޔާގެ ޓީމާއި ފުވައްމުލަކު ސްޕޯރޓްސް ކްލަބުގެ ޓީމެވެ. 

އަންނަ އަހަރު ވެސް މިމުބާރާތް ކުރިޔަށް ގެންދެވޭނެ ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން ވަނީ ހާމަކޮށްފައެވެ.  އަދި އަންނަ އަހަރުގެ މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލާނެ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން މުބާރާތުގެ އަގުވެސް ބޮޑު ވެގެންދާނެ ކަމަށް ހާމަކުރިއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!