A wide advertisement which will be shown on all devices. (700 x 100)

ބުޗާކަޕް ޗެޕްިންކަން ދަޑިމަދު ޒުވާނުންގެ ޖަމްއިއްޔާއަށް

ބުޗާކަޕް 2017 ގެ ޗެމްޕިއަން ޓީމު - ދަޑިމަގު ޒުވާނުންގެ ޖަމްއައްޔާ. ފޮޓޯ: ފާތިމަތު ޙުސެއަިން އެފްބީޕޭޖް

ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅެވުނު ބުޗާ ކަޕް 2017ގެ ފައިނަލް މެޗު ކާމިޔާބުކޮށް ދަޑިމަގު ޒުވާނުންގެ ޖަމްއިއްޔާގެ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. އިއްޔެ ހަވީރު ފުވައްމުލަކު ކުޅުނު ފައިނަލް މެޗު ދަޑިމަގު ޒ.ޖ. ގެ ޓީމު ވާދަކުރީ ފުވައްމުލަކު ސްޕޯރޓްސް ކްލަބެވެ. ދަޑިމަގު ޒޖ. ގެ ޓީމު މި މުބާރާތް ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން %100 ރިކޯޑަކާއެކު އެވެ.

އިއްޔެގެ ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ތައްޓާއި މެޑެލާއި އިނާމު ދިނުން އޮތެވެ. ހަތް ޓީމު ވާދަކުރި މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 100000 (އެއް ލައްކަ) ރުފިޔާގެ ފައިސާގެ އިނާމުގެ ޗެކު ވެސް ހަވާލުކޮށްފައެވެ. މިހާތަނަ ފުވައްމުލަކުގައި ބޭއްވި އެންމެ އަގު ބޮޑު ފުޓުބޯޅަ މުބާރާތަށް ކަމަށް މިމުބާރާތް ވެގެން ދިޔައީއެވެ.

އަންނަ އަހަރު ވެސް މިމުބާރާތް ކުރިޔަށް ގެންދެވޭނެ ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން ވަނީ ހާމަކޮށްފައެވެ. އަދި އަންނަ އަހަރުގެ މުބާރާތް މުޅި ރާއްޖެއަށް ހުޅުވާލާނެ ކަމަށާއި މުބާރާތުގެ އަގުވެސް ބޮޑު ވެގެންދާނެ ކަމަށް ހާމަކޮށްފައި ވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !