A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ކައުންސިލްގެ ވެޓެރަންސް ފުޓްސަލް މުބާރާތް 2017 ގެ ފައިނަލް މެޗު މިރޭ

ފވމ ސިޓީ ކައުންސިލް ވެޓަރަންސް ފުޓްސަލް މުބާރާތުގެ ސެމީފައިނަލް މެޗުތައް ނިމި ފައިނަލް މިރޭ. ފޮޓޯ ފވމސިޓީ ކައުނސިލް

މިމަހު 10 ވަނަ ދުވަހު ފެށި ފުވައްމުލައް ސިޓީ ކައުންސިލްގެ ވެޓަރެންސް ފުޓުސަލް މުބާރާތުގައި ފޯރިގަދަ ކުޅުމަކަށް ފަހު މިރޭ ފަައިނަލް ކުޅުން އޮންނާނެއެވެ. ފުވައްމުލަކު ސްޓޭޑިއަމްގެ ފުޓްސަލް ކޯޓުގައި ކުރިޔަށްދާ މިމުބާރާތުގެ ފައިނަލް މެޗުގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގައެވެ.  

ހަތް ޓީމު ވާދަކުރި މިމުބާރާތުގައި ކުޅުން ކުރިޔަށް ގެންގޮސްފައި ވަނީ ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕު މެދުގައި ލީގު އުސޫލުން ބުރެއް ކުޅެގެންވެ. ފައިނަލަށް ދާ ޓީމުތައް ހޮވާފައި ވަނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ މޮޅު ދެޓީމު ސެމީ ފައިނަލުގައި ކްރޮސްކޮށް ބައްދަލުކޮށް މޮޅުވާ ދެޓީމެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް ފުވައްމުލަކުގެ ޓީމާއި އައިޑިއަލް ސްކޫލްގެ ޓީމެވެ. މިމެޗު 3-5 ންކާމިޔާބުކޮށް ފައިނަލުގެ ޖާގަ ހޯދީ އައިޑިއަލް ސްކޫލުގެ ޓީމެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިސްކިތްމަގު އެންމެންގެ ގުޅުން ޓީމު ވާދަކުރީ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ޓީމާއެވެ. މިމެޗު 9-3 ން ކާމިޔާބުކޮށް ފައިނަލުގެ ޖާގަ ހޯދީ މިސްކިތްމަގު އެންމެންގެ ގުޅުން ޓީމެވެ.

މި 4 ޓީމުގެ އިތުރުން މިމުބާރާތުގައި ބައިވެރިވެފައި ވަނީ ނަގަނަމަގޮ ޓީމާއި، މާލެގަމު ޔޫތު ފައުންޑޭޝަން ޓީމާއި އެމްއެންޑީއެފް ފުވައްމުލައް ޕޯސްޓްގެ ޓީމެކެވެ.

ފައިނަލު ކުޅުމަށް ކުރިން ހަމަޖެހިފައި އޮތީ ރޭގައެވެ. ނަމަވެސް މިހާރު ފައިނަލް ކުޅޭނީ މިރެއެވެ.

މިމުބާރާތުގައި ހޮވާ ވަނަތަކަކީ ޗެމްޕިއަން ޓީމު، ރަނަރަޕް ޓީމު، މުޅި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން، މުބާރާތުގެ އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔަ، ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާއާއި މުބާރާތު އެންމެ މޮޅު ކޯޗުއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !