15 އޯގަސްޓް 2018 (ބުދަ)


ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް ފައިނަލަށް އެމްޕީއެލް އާއި ދޫޑިގަލާނޯ

ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް ޓޯނަމަންޓްގެ ސެމީފައިނަލް މެޗުގައި އެމްޕީއެލް ދިރާގުމައްޗަށް ކާމިޔާބު ހޯދައިފައިވަނީ 6-2 ލަޑުން، ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް ޓޯނަމަންޓްގެ ސެމީފައިނަލް މެޗުގައި އެމްޕީއެލް ދިރާގުމައްޗަށް ކާމިޔާބު ހޯދައިފައިވަނީ 6-2 ލަޑުން، ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

ފުވައްމުލަކު ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ފުވައްމުލަކު ސިޓީ ކައުންސިލް ފުޓްސަލް ޓޯނަމަންޓްގެ ފައިނަލަށް އެމްޕީއެލް އާއި ދޫޑިގަލާނޯ ދަތުރުކޮށްފިއެވެ. މިރޭ 09:00 ގައި ވާދަކުރުމަށް ރޭވިފައިވާ ފައިނަލް މެޗަށް އެމްޕީއެލް ދަތުރުކުރީ ސެމީ ފައިނަލް މެޗްގައި ދިރާގުގެ (މަމެން) އާއި ވާދަކޮށް 6-2 އިން މޮޅުވެގެނެވެ. 

ދޫޑިގަލާނޯ ފައިނަލަށް ދަތުރުކުރީ ސައުތު ޕޮލިސް ޑިވިޝަނާއި ވާދަކޮށް 5-3 ލަޑުން މޮޅުވެގެނެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 09:00 ގައެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!