22 ނޮވެމްބަރ 2017 (ބުދަ)


އިގިރޭސިން 17 އަހަރުންދަށުގެ ވޯލްޑްކަޕް ވެސް އުފުލާލައިފި

17 އަހަރުން ދަށުގެ ވޯލްޑްކަޕް ތަށި އުފުލާލީ އިގިރޭސި ޓީމު، ފޮޓޯ: ފީފާ ވެބްސައިޓް

17 އަހަރުން ދަށުގެ ވޯލްޑްކަޕް ތަށި އުފުލާލީ އިގިރޭސި ޓީމު، ފޮޓޯ: ފީފާ ވެބްސައިޓް

އިންޑިއާގެ ކަލްކަތާގައި އިއްޔެ ކުޅެވުނު ފައިނަލް މެޗުން 5-2 ލަޑުން ސްޕެއިންގެ މައްޗަށް ކާމިޔާބު ހޯދައި އިގިރޭސިން 17 އަހަރުން ދަށުގެ ވޯލްޑްކަޕްވެސް އުފުލާލައިފިއެވެ. ފައިނަލް މެޗް ފެށިގެން ފުރަތަމަ ލީޑު ނެގީ ސްޕެއިން ޓީމުންނެވެ. އިގިރޭސިން އިއްޔެގެ މެޗު ކާމިޔާބުކޮށްފައި ވަނީ ސްޕެއިން ޓީމުގެ ސާޖިއޯ ގޯމޭޒު ދެލަޑު ޖަހައި ފައިވަނިކޮށް ފަހަތުން އަރައި 5 ލަޑުން ކާމިޔާބުކޮށްގެނެވެ.

ފީފާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 17 އަހަރުން ދަށުގެ ވޯލްޑްކަޕްގެ މިއަހަރުގެ އެންމެ މޮޅު ކުޅުންތެރިއއަކަށް ދޭ ރަން ބޯޅަ، އިގިރޭސި ޓީމުގެ މިޑްފީލްޑާރ ފިލިޕް ފޯޑެން ހޯދިއިރު އެންމެ ގިނަ ގޯލް ކާމިޔާބުކޮށްގެން ރަން ބޫޓް ހޯދާފައިވަނީ އިގިރޭސި ޓީމުގެ ރިއާސް ބްރޫސްޓާ އެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަށްދޭ ރަން އަންގި ހޯދާފައިވަނީ ބްރެޒިލްގެ ގެބްރިއަލް ބްރާޒޯ އެވެ. 

އިގިރޭސިން 17 އަހަރުން ދަށުގެ ވޯލްޑްކަޕް ގެންދިޔަ އިރު އިގިރޭސިން ވަނީ މިއަހަރު ކޮރެއާގައި ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑްކަޕް ވެސް ގެންގޮސްފައެވެ. 17 އަހަރުން ދަށުގެ ވޯލްކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ނައިޖީރިއާއެވެ. ނައިޖީރިއާއިން 5 ފަހަރު ތަށިގެންގޮސްފައިވާއިރު ފުޓްބޯޅައިގެ ރަސްގެފާނު ބްރެޒިލް އިން 3 ފަހަރު 17 އަހަރުް ދަށުގެ ވޯލްޑްކަޕް ގެންގޮސްފައިވެއެވެ. 

އިއްޔެ ފައިނަލް މެޗުން އިގިރޭސިން މޮޅުވެ ޒުވާން އެންމެ ވަރުގަދަ ޓީމަކީ އިގިރޭސިންކަން ސާބިތުކުރުމާއިއެކު ފުޓްބޯޅައިގެ ކުރިމަގަށް އިގިރޭސިން ކުރާ އުއްމީދު އިތުރަށް އާވެގެންދިޔައެވެ. 


ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!