16 ނޮވެމްބަރ 2018 ( ހުކުރު )

banner

ނެރެގަނޑޮ އަތުން ބަލިވެ އެމްއެންޑީއެފް ކަޓައިފި

ފުވައްމުލަކު ސިޓީގައި ކުރިއަށްދާ ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީ ބޯޅަ ޓޯނަމެންޓްގައި އިއްޔެ ހަވީރު ކުރިއަށްދިޔަ އެމުބާރާތުގެ ނުވަވަނަ މެޗުން ދަޑިމަގުގެ ނެރެގަނޑު ޓީމު މޮޅުވެ އެޓީމު މިމުބާރާތުގެ ފިރިހެނުންގެ ބައިގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ފުވައްމުލަކު ޔޫތު ސެންޓަރުގެ ވޮލީ ކޯޓުގައި ކުޅުނު މެޗްގެ ސެޓްތައް ނެރެގަނޑު ޓީމުން ގެންދިޔައީ 18،25، 14،25 އަދި 16،25 އިންނެވެ. ރާއްޖޭގެ ވޮލީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ގެ އިތުރުން މަޝްހޫރު ކުޅުންތެރިޔާ އަހުމަދު އަނިލް އަދި އާދަމް ނަސީރު ކުޅުނު އެމްއެންޑީއެފް ގެ ޓީމުވަނީ ކުޅުނު ދެމެޗުން ބަލިވެ މުބާރާއި އަލްވަދާއު ކިޔާފައެވެ. މި ގްރޫޕްއިން އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ދިގުވާނޑު އަފުންގެ ޓީމެވެ. އެޓީމުވަނީ ކުޅުނު ދެމެޗުންވެސް މޮޅުވެފައެވެ.

މިމުބާރާތުގެ ފިރިހެނުންގެ ބައިގެ ގްރޫޕް ގެ 2 ގެ އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދާފައިވަނީ ކުޅުނު ދެމެޗުން މޮޅުވެގެން މީދޫ ވޯލީ ޓީމެވެ. މިގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދާ ޓީމެއް ކަށަވަރު ވާނީ މިއަދު ހަވީރު ކުރިއަށްދާ މިސްކިތްމަގުގެ އެންމެންގެ ގުޅުމާއި ނަގަނަމަގޮ ގެ މެޗު ނިމުމުންނެވެ. މިމެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ. 

މިމުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް މާދަމާ ފެށޭނެއެވެ.

banner

ކިޔުންތެރިންގެ ޚިޔާލު