14 އޯގަސްޓް 2018 (އަންގާރަ)


ސެމީ ފައިނަލުގެ ފަހު ޖާގަ މިސްކިތްމަގު ކަށަވަރުކޮށްފި

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

ފުވައްމުލަކު ސިޓީގައި ކުރިއަށްދާ ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީ ބޯޅަ ޓޯނަމެންޓްގެ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލްގެ ފަހު ޖާގަ މިސްކިތްމަގު އެންމެންގެ ގުޅުމުން ހޯދައިފިއެވެ. މިސްކިތްމަގުގެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރީ މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ދަޑިމަގު ނަގަނަމަގޮގެ މައްޗަށް 1-3 ސެޓުން ކުރި ހޯދައިގެނެވެ. 

މި މެޗްގެ ސެޓްތައް މިސްކިތް މަގު ޓީމް ގެންދިޔައީ 20،25، 18،25، އަދި 18،25 އިންނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިސްކިތް މަގު ޓީމްގެ އަލީ ހުޒާމްއެވެ.

މާދަމާ ސެމީ ފައިނަލްގެ މެޗްތައް ފެށޭއިރު މާދަމާ ހަވީރު ކުޅެވޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އަފުންގެ ޓީމާއި މީދޫ ވޮލީ ޓީމެވެ. މާދަމާ ރޭ ކުޅެވޭ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ މިސްކިތްމަގު އެންމެންގެ ގުޅުމާއި ނެރެގަނޑުގެ ޓީމާއިއެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!