ފުވައްމުލަކު ސިޓީގައި ކުރިއަށްދާ ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީ ބޯޅަ ޓޯނަމެންޓްގެ އަންހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ދަޑިމަގު ރަނިން އާއި މިސްކިތްމަގު އެންމެންގެ ގުޅުން ވާދަކުރި މެޗް ސީދާ 3-0 އިން ދަޑީމަގު ރަނިން ކާމިޔާބުކޮށް ފައިނަލަށް ދަތުރުކޮށްފިއެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަޑިމަގު ރަނިން ޓީމުގެ ޖާޒީ ނަމްބަރު 13 ނިރުމަލާ އެވެ.
ތިންޓީމު ބައިވެރިވި އަންހެން ޑިވިޝަނުގެ މެޗްތައް ކުރިއަށް ދިޔައީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެފަހަރު ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. މާދަމާ ރޭ 2030 ގައި ކުޅެވޭ ފައިނަލް މެޗުގައި ދަޑިމަގު ރަނިން އާއި ބައްދަލުކުރާނީ ފްރެންޑްސް ކްލަބް ފުނާޑެވެ.
+1
+1
ޚިޔާލުތައް