13 ޑިސެމްބަރ 2018 ( ބުރާސްފަތި )

banner

އިއްޔެ ހަވީރު ކުޅެވުނު ފުރަތަމަ ސެމީ ފައިނަލުން މޮޅުވި މީދޫ ވޯލީޓީމް، ފޮޓޯ: ފުވައްމުލައް ސިޓީ ވޯލީ ބޯޅަ ޓޯނަމަންޓްގެ ފޭސްބުކް ޕޭޖް

ވޮލީ ބޯޅަ މުބާރާތުގެ ފައިނަލަށް މީދޫ ޓީމު ދަތުރުކޮށްފި

ފުވައްމުލަކު ސިޓީގައި ކުރިއަށްދާ ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީ ބޯޅަ ޓޯނަމެންޓްގެ ފިރިހެން ޑިވިޝަންގެ ފައިނަލަށް މީދޫ ވޮލީ ޓީމު ދަތުރުކޮށްފިއެވެ. މީދޫ ވޮލީ ޓީމު ފައިނަލަށް ދަތުރު ކުރީ، އިއްޔެ ހަވީރު ފުވައްމުލަކު ޔޫތު ސެންޓަރުގެ ވޮލީ ކޯޓުގައި ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުން އަފުން ޓީމު 3-0 ސެޓުން ބަލިކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މީދޫ ޓީމުގެ ޖާޒީ ނަމްބަރު 15 ޕާކިސްތާނުގެ މުރާދު ޖީހާންއެވެ.

ރޭކުޅެވުނު ދެވަނަ ސެމީ ފައިނަލުން މިސްކިތްމަގު އެންމެންގެ ގުޅުން ނެރެގަނޑާއި ވާދަކޮށް 3-0 ސެޓުން މޮޅުވެ ތިންވަނަ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޖާޒީ ނަމްބަރު 7 މުހައްމަދު ރިޔާޒުއްދީނު ތައުލަތު މުހައްމަދެވެ.

މީދޫ ޓީމާއި އެކު ފައިނަލްގައި ކުޅޭނީ މިއަދު ހަވީރު 1615 ގައި ކުޅެނޭ ސެމީ ފައިނަލްގެ 3 ވަނަ މެޗުން މޮޅުވާ ޓީމެކެވެ. މިއަދު ހަވީރު ކުޅެވޭ ތިންވަނަ ސެމީ ފައިނަލްގައި ވާދަކުރާނީ ފުރަތަމަ ސެމީ ފައިނަލުން ބަލިވި އަފުންގެ ޓީމާއި ދެވަނަ ސެމީ ފައިނަލުން މޮޅުވި މިސްކިތްމަގު އެންމެގެ ގުޅުމެވެ.

banner

ކިޔުންތެރިންގެ ޚިޔާލު