21 ސެޕްޓެމްބަރ 2018 (ހުކުރު)


ފައިނަލްގެ ފަހު ޖާގަ މިސްކިތްމަގު އެންމެންގެ ގުޅުމަށް

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

ފުވައްމުލަކު ސިޓީގައި ކުރިއަށްދާ ފުވައްމުލަކު ސިޓީ ކައުންސިލް ވޮލީ ބޯޅަ ޓޯނަމެންޓްގެ ފިރިހެން ޑިވިޝަންގެ ފައިނަލްގެ ފަހު ޖާގަ މިސްކިތްމަގު އެންމެންގެ ގުޅުމުން ހޯދައިފިއެވެ. މިސްކިތްމަގު އެންމެންގެ ގުޅުން ފަހު ޖާގަ ކަށަވަރު ކުރީ ދިގުވާނޑު އަފުންގެ ޓީމާއި ބައްދަލުކުރި މިމުބާރާތުގެ 3 ވަނަ ސެމީ ފައިނަލް މެޗުން 3-1 ސެޓުން މިދިޔަ އަހަރުގެ ޗެމްޕިއަން އަފުންގެ ޓީމު ބަލިކޮށްގެނެވެ.

މިއަދުގެ މެޗްގައި އެންމެންގެ ގުޅުމުން ސެޓްތައް ގެންގޮސްފައިވަނީ ފުރަތަމަ ސެޓު 25،12 އަދި ދެވަނަ ސެޓް އަފުން ޓީމުން ގެންދިޔައީ 12،25 ތިންވަނަ ސެޓު އެންމެންގެ ޓީމް ގެންދިޔައީ 25-13 އަދި ފަހު ސެޓް 25،20 އިންނެވެ.  

މިސްކިތްމަގު އެންމެންގެ ގުޅުމާއި ފައިނަލް މެޗުގައި ވާދަކުރާނީ މީދޫ ވޯލީ ޓީމާއިއެވެ. މިދެޓީމަކީވެސް ގްރޫޕް ސްޓޭޖްގައި އެއްގުރޫޕެއްގައި ވާދަކުރި ދެޓީމެވެ. މިދެޓީމުގެ ކުރީގެ ކުރިމަތިލުން ކާމިޔާބު ކޮށްފައިވަނީ މީދޫ ޓީމުންނެވެ. މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިއަދު ހަވީރު 1600 ގައި ފުވައްމުލަކު ޔޫތު ސެންޓްރުގެ ވޮލީ ކޯޓުގައެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!