A wide advertisement which will be shown on all devices. (700 x 100)

ވޮލީ މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން މީދޫ ވޮލީ ޓީމް ހޯދައިފި

ޗެމްޕިއަންކަން ހޯދި މީދޫ ވޮލީ ޓީމް. ފޮޓޯ؛ ފުވައްމުލަކު ސިޓީ ކައުންސިލް

ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދިޔަ “ފުވައްމުލަކު ވޮލީ މުބާރާތް 2017” ފިރިހެން ޑިވިޒަންގެ ޗެމްޕިއަންކަން މީދޫ ވޮލީ ޓީމް ހޯދައިފިއެވެ.

ފިރިހެން ޑިވިޒަންގެ ޗެމްޕިއަންކަން މީދޫ ވޮލީ ޓީމް ހޯދީ މިސްކިތްމަގު އެންމެންގެ ގުޅުމާއި ވާދަކޮށްގެންނެވެ. މިމެޗްގެ ފުރަތަމަ ސެޓް 20-25 އިން ގެންދިޔައީ މިސްކިތްމަގެވެ. ނަމަވެސް ފަހު ތިންސެޓް ކާމިޔާބުކުރީ މީދޫ ވޮލީ ޓީމެވެ. މިސެޓްތައް ގެންގޮސްފައިވަނީ 19،25، 21،25 އަދި 14،25 އިންނެވެ. ފައިނަލްމެޗްގެ މޮޅު ކުޅުންތެރިޔަކީ މީދޫ ވޮލީ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ މުރާދު ޖީހާން އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ މީދޫ ވޮލީ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ މުރާދު ޖީހާން އެވެ. އެންމެ މޮޅު ފަސްކުޅުންތެރިންނަކީ މީދޫ ޓީމްގެ މުރާދު، އިބްރާހިމް ޖަމާލް އަދި ފައިރޫޒް އެވެ. މީގެ އިތުރުން މިސްކިތްމަގު އެންމެންގެ ގުޅުމުގެ ހުޒާމްގެ އިތުރުން ނިލާމްއެވެ. އެންމެ މޮޅު ލިބަރޯ އަކީ މީދޫ ވޮލީ ޓީމްގެ އާނިސް އެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ މަގާމްތަކަށްހޮވުނު ކުޅުންތެރިންނަށާއި ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް މެޑެލް އަދި ތަށި ހަވާލުކުރުން އޮތެވެ. އަދި ދެ ޑިވިޒަންގެ އެންމެ މޮޅަށް ސަޕޯޓްކުރި ޓީމްތައް ހޮވާފައިވެއެވެ. އަންހެން ބައިގެ އެންމެ މޮޅު ސަޕޯޓަރުންނަކީ ދަޑިމަގު ރަނިންގެ ސަޕޯޓަރުންނެވެ. ފިރިހެންބައިގެ އެންމެ މޮޅު ސަޕޯޓަރުންނަކީ މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މުބާރާތުގެ ތިންވަނަ ޓީމަކީ ދިގުވާނޑު އަފުން ޓީމެވެ.

މީދޫ ޓީމް މިދިޔަ އަހަރު މިމުބާރާތުގެ ރަނަރަޕް ޓީމެވެ. މިއީ 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިމުބާރާތުގެ ފިރިހެން ޑިވިޒަންގައި ހަ ޓީމް އަދި އަންހެން ޑިވިޒަންގައި ތިން ޓީމް ބައިވެރިވިއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !