20 ސެޕްޓެމްބަރ 2018 (ބުރާސްފަތި)


އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑްކަޕުގެ ގުރުނަގައިފި

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

އަންނަ އަހަރު ޖޫންމަހު 14 ވަނަ ދުވަހު ފެށޭ ވޯލްޑްކަޕުގެ ގްރޭޕް ސްޓޭޖް އެކުލަވާލުމަށް ގުރުއަތުލައިފިއެވެ. މިދިޔަ ނޮވެމްބަރު މަހުގެ ފީފާ ރޭންކިންއަށް ބަލައިގެން ކުރިއަށް ގެންދިޔަ ގުރުއަތުލުމުގައި ކުރީގެ ފުޓްބޯޅަ ތަރިން ބައިވެރިވިއެވެ. ފްރަންސޭސި ލޯރެންޓް ބްލޭންކް، އިގިރޭސި ގޯޑަން ބޭންކްސް، ބްރެޒިލްގެ ކަފޫ، އިޓަލީވިލާތުގެ ކަނަވާރޯ، އުރުގުއާއީގެ ފޯލަން އާއި ޖަރުމަނުވިލާތުގެ ކްލޯސޭ އާއި އާޖެންޓީނާގެ މަރަޑޯނާ އާއި ސްޕެއިންގެ ޕިއޮލް އާއި ރަޝިއާގެ ނިކިތާ ގުރުނެގުމައި ބައިވެރިވިއިރު ފީފާގެ ރައީސް އިންފަންޓީނޯ އާއި ޕެލޭއާއި އެޓޫގެ އިތުރުން ރޮނާލްޑޯ އޯޑިއަންސްގައި ތިއްބެވެ. 

ފީފާއިން ހާމަކުރާ ގޮތުގައި އެހެންފަހަރުފަހަރާއި ޚިލާފަށް މިފަހަރު ހުރިހާ ގުރޫޕެއްވެސް އެއްވަރުވާނެއެވެ. މަރުގެގެ ގްރޫޕެއް ނޯންނާނެކަމަށް ފީފާއިން ބުނެއެވެ. 


އެއްތިރީސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ފައިނަލް މެޗު އޮންނާނީ މޮސްކޯފައެވެ. ބައްތިރީސް ޓީމު އަށް ގުރޫޕަކަށް ބަހާލައިގެން ކުރިއަށްދާ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު އީދު މިފަހަރު އޮންނަނީ ރަޝިއާގައެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!