17 ޑިސެމްބަރ 2017 (އާދީއްތަ)


މިސްކިތްމަގު ދެވަނަ މެޗުވެސް ކާމިޔާބުކޮށް

 - ފައިލް ފޮޓޯ

- ފައިލް ފޮޓޯ

ސީލައިފް ގްލޯބަލް ޤައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގައި މިސްކިތްމަގު އެންމެންގެ ގުޅުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ. އިއްޔެ ހަވީރު ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުޅުނު މެޗު މިސްކިތްމަގުން ކާމިޔާބުކުރީ ޕޮލިސް ކްލަބާއި ވާދަކޮށް ތިން ސެޓު އެއް ސެޓުންނެވެ. މިމެޗުގެ ފުރަތަމަ ސެޓު މިސްކިތްމަގު ކާމިޔާބުކުރީ 25-19 ނެވެ. އެހެންނަމަވެސް ދެވަނަ ސެޓު ހަމަ އެނަތީޖާއިން ކާމިޔާބުކޮށް ޕޮލިސް ކްލަބުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ތިން ވަނަ ސެޓު މިސްކިތްމަގު ޓީމް ގެންދިޔައީ 25-20 ނެވެ. އަދި ހަތަރުވަނަ ސެޓް ގެންދިޔައީ ތަފާތުބޮޑުކޮށެވެ. އެއީ އެއީ 25-14 ނެވެ.

މެޗަށްފަހު މިސްކިތްމަގު ޓީމުގެ ކޯޗު އިސްމާއިލް ރިފާއު، ޗިޗޫ ބުނީ މިއީ ލީގު ޗެމްޕިއަންކަން ހޯދުމަށް އެޅުނު ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށެވެ. އެހެންނަމަވެސް މިމެޗު ކާމިޔާބުކުރެވުނީ ވަރަށް މަސައްކަތުން ކަމަށާއި، އިދިކޮޅުން ކުޅުނު ޓީމުގައިވެސް ތިބީ އޭނާގެ ޓީމުގައި ތިބި ކުޅުންތެރިންނާއި އެއް ފެންވަރެއްގެ ނުވަތަ އެއަށްވުރެވެސް މޮޅު ކުޅުންތެރިންކަމަށް ޗިޗޫ ބުންޏެވެ.

މިމެޗުން ބަލިވި ޕޮލިސް ކްލަބްގެ ކޯޗު މައުމޫރު މުހައްމަދު، މާއްޓޭ ބުނީ މިއީ ފުރަތަމަ މެޗު ކަމުން ރަނގަޅުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށެވެ. އަދި މެޗު ގެއްލިގެން ދިޔައީ ކޯޗު ބޭނުންވި ގޭމް ޕްލޭނަށް މަސައްކަތް ނުކުރެވުމުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!