މާލޭގެ ސޯޝަލް ސެންޓާރ އިންޑޯކޯޓުގައި ކުރިއަށްދާ ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނުގެ ހަތަރުމެޗުގައި ދެވަނަ ފަހަރަށް ޕޮލިސް ކްލަބުގެ މައްޗަށް މިސްކިތްމަގު އެންމެންގެ ގުޅުމުން ކުރިހޯދައި ގައުމީ ލީގު ކާމިޔާބުރުމާއި ގާތަށް ޖެހިލައިފިއެވެ. އިއްޔެ ހަވީރު 1630 ގައި ފެށުނު މެޗުން މިސްކިތްމަގު ކާމިޔާބުކޮށްފައިވަނީ 3-0 ސެޓުންނެވެ. މިމެޗުގެ ސެޓްތައް މިސްކިތްމަގުން ގެންގޮސްފައިވަނީ 28-26، 25-20 އަދި 27-25 އިންނެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޖޫޒަން ޒަރީރެވެ.
މިމުބާރާތުގައި މިއަދު ކުޅެވޭނީ ޕޮލިސް ކްލަބާއި މޯލްޑިވިއަން ރިކްރިއޭޝަން އެންޑް ސްޕޯޓްސް ކްލަބެވެ. މިސްކިތްމަގު ލީގުގެ ފަހު މެޗުގައި ބައްދަލުކުރާނީ މޯލްޑިވިއަން ރިކްރިއޭޝަން އެންޑް ސްޕޯޓްސް އާއި ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު 1500 ގައެވެ.
+1
+1
ޚިޔާލުތައް