A wide advertisement which will be shown on all devices. (700 x 100)

މިސްކިތްމަގު ގައުމީ ވޯލީބޯޅަ ލީގު ކާމިޔާބުކޮށްފި

ސީލައިފް ގްލޯބަލް ޤައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ހުރިހާ މެޗަކުން މޮޅުވެ މިސްކިތްމަގު އެންމެންގެ ގުޅުމުން ގައުމީ ވޯލީބޯޅަ ލީގު ކާމިޔާބުކޮށްފިއެވެ. 

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ފައިނަލް މެޗަށް ދިޔައިރުވެސް މިސްކިތްމަގުގެ ޓީމުން ލީގު ކަށަވަރުކޮށްފައި ވާތީ މާ ބޮޑު ވާދަވެރި ކަމަށްވެސް ނުފެއެވެ. ނަތީޖާއެއްގެ ގޮތުން މިސްކިތްމަގު ވަނީ ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްފަ އެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 25-20، 25-12 އަދި 25-11 އިންނެވެ.

ފައިނަލް މެޗުގައި މެޗުގައި މިސްކިތްމަަގަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެ ޓީމަށް ކުޅޭ ނޭޕާލްގެ ކުޅުންތެރިއާ ޕްރަތީބާ މާލީ އެވެ. އޭނާ ވަނީ އެ މެޗުގެ މުހިއްމު ވަގުތުތަކުގައި މުހިއްމު ޕޮއިންޓްތަކެއް ޓީމަށް ހޯދައިދީފަ އެވެ. މީގެ އިތުރުން އެ ޓީމަށް ކުޅޭ ގައުމީ ޓީމުގެ ކުޅުންތެރިއާ ޖޫޒަން ޒަރީރު ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އެ ޓީމަށް ކުޅޭ އަނެއް ބިދޭސީ ކުޅުންތެރިއާ ނިރްމަލާ ވެސް ވަނީ އެހެން މެޗުތަކެކޭ އެއްގޮތަށް އެއް ފެންވަރެއްގައި ރަނގަޅަށް ކުޅެފަ އެވެ.

އަންހެން ޑިވިޝަންގައި ދެން އޮންނާނީ ގައުމީ މުބާރާތެވެ. ގައުމީ މުބާރާތުގެ ފުރަަތަމަ ސެމީގައި އަންނަ އަންގާރަ ދުވަހުގެރޭ މިސްކިތްމަގު ނުކުންނާނީ ޕޮލިހާ ދެކޮޅަށެވެ.  

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !