19 ސެޕްޓެމްބަރ 2018 (ބުދަ)


މިސްކިތްމަގުން ގައުމީ ވޮލީ ބޯޅަ ތަށި އަނެއްކާވެސް ހޯދައިފި

މިސްކިތްމަގު އެންމެންގެ ގުޅުމަށް ޔޫތު މިނިސްޓަރ ތަށި ހަވާލުކޮށްދެއްވަނީ. ފޮޓޯ. ވީއޭއެމް

މިސްކިތްމަގު އެންމެންގެ ގުޅުމަށް ޔޫތު މިނިސްޓަރ ތަށި ހަވާލުކޮށްދެއްވަނީ. ފޮޓޯ. ވީއޭއެމް

ފުވައްމުލަކުގެ މިސްކިތްމަގު އެންމެންގެ ގުޅުމުން ގައުމީ ވޮލީ ބޯޅަ ތަށި އަނެއްކާވެސް ހޯދައިފިއެވެ.

އިއްޔެ ހަވީރު މާލޭގެ ސޯޝަލް ސެންޓަރުގައި ކުޅުނު ގައިމީ އަންހެން ޑިވިޟަންގެ ފައިނަލް މެޗް މިސްކިތްމަގު އެންމެންގެ ގުޅުން ކާމިޔާބުކުރީ ޕޮލިސް ކުލަބްގެ މައްޗަށް ކުރިހޯދައިގެންނެވެ. މިމެޗް މިސްކިތްމަގު އެންމެންގެ ގުޅުން ހޯދީ 3-1 ސެޓުންނެވެ. ފުރަތަމަ ދެ ސެޓް މިސްކިތްމަގު ގެންދިޔައީ 25-18 އަދި 21-25 އިންނެވެ. ތިންވަނަ ސެޓް ވަރަށް ވާދަވެރިކަމާއި އެކު ޕޮލިސް ކުލަބް ހޯދީ 26-24 އިންނެވެ. ނަމަވެސް ހަތަރު ވަނަ ސެޓް ވަރަށް ފަސޭހަ ކަމާއި އެކު މިސްކިތްމަގު ހޯދީ 25-11 އިންނެވެ. މިމެޗް ކާމިޔާބުކުރުމާއި އެކު މިސްކިތްމަގު ވަނީ ޖެހިޖެހިގެން ދެ އަހަރު ގައިމީ އަންހެން ޑިވިޟަންގެ ތަށި ހޯދައިފައެވެ. މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީވެސް މިސްކިތްމަގު އެންމެންގެ ގުޅުމުވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ބިދޭސީ ކުޅުންތެރިޔާ ޕްރަތީބާއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ފާތުމަތު ޖޫޒާން ޒަރީރުއެވެ. އަދި ބިދޭސީ އެންމެ މޮޅު ކުޅުންތެރިޔަކީވެސް މިސްކިތްމަގު އެންމެންގެ ގުޅުމުގެ ނިރުމަލާއެވެ. މުބާރާތުގެ ވަނަތަކަށް މެޑެލް އަދި ޓްރޮފީ ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުލް މުހްސިން ހަމީދު އެވެ. ޗެމްޕިއަން ޓީމަށް ތަށި ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް އެވެ.

މިސްކިތްމަގު އެންމެންގެ ގުޅުމުންވަނީ ގައުމީ އަންހެން ވޮލީ ލީގްވެސް މިއަހަރު ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ޚިޔާލު

ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!

މިލިޔުމަށް ޚިޔާލެއް ލިބިފައި ނެތް!